ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-MSIM/297/2025/31
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:45
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރަށް ކުނި އުކާލުމާއި ގުޅޭ

              ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރ ހުޅުވިފައި ހުންނާނެ ގަޑި ތަކަކީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 ން 12:00 ގެ ނިޔަލަށާއި، 14:00 ން 17:00 ގެ ނިޔަލަށެވެ. ސެންޓަރ ބަންދު ވަގުތުތަކުގައި ކުނި އެޅުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ.  ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުން ގޭޓް ފީ ބަލައިގަނެ ސްލިޕް ދޫކުރާނީ ހެނދުނު 8:00 ން 10:00 އަށް، 11:00 ން މެންދުރުފަހު 14:00 އަށެވެ.

ކުނީގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރައްވައިގެން ކުނި އުކާލައްވާ ފަރާތްތަކާއި ގޭޓް ފީ ސްލިޕް ހައްދަވައިގެން ކުނި އުކާލާ ފަރާތްތަކުން ކުނި އުކާލުމަށް ވެލިދޫ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލާއި އެއް ގޮތަށް ކުނި ވަކިކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ. ކުނި އުކާލުމުގެ އުޞޫލާއި ޚިލާފަށް ކުނި ބަހައްޓާ ފަރާތްތަކާއި ކުނިކޮށްޓަށް ކުނި ގެންދަވާ ފަރާތްތަކުގެ ކުނި އުކައި ނުލެވޭނެ ވާހަކަ ދަންނަވަމެވެ.

             ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 އެޕްރީލް 2025