ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PMU/101/2025/6
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 09 މޭ 2025 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
27 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް ކިންޑަރގާޓަން ސަޕްލައިސް އެގްޒިބިޝަން، 9-11 މެއި 2025، ބެއިޖިންގ

ޗައިނާގެ ބެއިޖިންގައި މިއަހަރު މެއި 9 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 27 ވަނަ ބެއިޖިންގ އިންޓަރނޭޝަނަލް ކިންޑަރގާޓަން ސަޕްލައިސް އެގްޒިބިޝަން، ގައި ބައިވެރިވުމުގެ ފުރުޟަތު ކަމާގުޅޭ ބޭފުޅުންނަށްށާއި، ދިވެހިރާއްޖޭގެ ވިޔަފާރި ވެރިންނަށް ހުޅުވާލެވިފައިވާ ކަމުގެ މައުލޫމާތު ޗައިނާގެ ސަރުކާރުން މި މިނިސްޓްރީ އާ ހިއްސާކޮށްފައިވެއެވެ. މި އެގްޒިބިޝަން ގައި ޕްރީސްކޫލް ތަޢުލީމު އުނގަންނައިދިނުމުގެ އައު އީޖާދުތައް އަދި ޕްރީސްކޫލް ތަޢުލީމު އުނގަންނައިދިނުމަށް ބޭނުންކުރާ އާލާތްތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރޭވިފައިވެއެވެ.

މި އެގްޒިބިޝަން ގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ހިމެނޭ ބްރޯޝަރ (ހޮސްޕިޓާލިޓީ މައުލޫމާތު ހިމެނިފައިވާ) މި އިއުލާންގައި އެއްކަރުދާސްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

 

28 އެޕްރީލް 2025