ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/95
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 30 އެޕްރީލް 2025 06:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޭޕްރީލް 29 އިން 30 އަށް، ކޮންމެ ދުވަހެއްގެ 21:00 އިން 06:00 އަށް، ސ. ގަމުގައި ކުރިއަށްގެންދިއުން.

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޭޕްރީލް 29 އިން 30 އަށް، ކޮންމެ ދުވަހެއްގެ  21:00 އިން 06:00 އަށް، ސ. ގަމުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ސ. ގަމާ ދިމާމަތިން 200 މީޓަރ ދުރުމިނަށެވެ. އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

28 އެޕްރީލް 2025