ނީލަން
ނަންބަރު: (IUL)335-AS/335/2025/71
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:23
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަފާ ދޯނި އަދި ފައިބަރު ޑިންގީ ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ނަފާ ދޯނި އަދި ފައިބަރު ޑިންގީ ސިޓީލާ ނީލަމުގައި ވިއްކާލުން

       މިކައުންސިލްގެ ތިރީގައި ދަންނަވާ  ދުއްވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހަކު 12:00 ގެ ކުރިން އެއުޅަނދެއް ގަތުމަށް ބޭނުންވާ އަގު މި އިޢްލާނާއި އެކު އެޓޭޗްކުރެވިފައިވާ (NL04) ފޯމުން ކައުންޓާރގައި ހުންނަ ފޮށްޓަށް ހުށަހަޅަންވާނެއެވެ. ނީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  30 އޭޕްރިލް 2025 ވަނަ ދުވަހުން ފެށިގެންނެވެ. ގަތުމަށް ބޭނުންވާ އުޅަނދަށް ހުށަހަޅާ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި ހުށަހެޅި އެންމެމަތީ އަގު އެނގޭ ގޮތަށް މިކައުންސިލްގެ ނޯޓިސް ބޯޑު އަދި ވައިބާރ ގުރޫޕްގައި އާންމުކުރެވޭނެއެވެ. މިތަކެތި ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 2 ދުވަހު އޮވެއްޖެނަމަ، އެ ފަރާތެއްގެ ނަމުގައި ނީލަން ނިންމާލެވޭނެއެވެ.

ރިފަރެންސްނަމްބަރ

ވެހިކަލްގެ މަޢްލޫމާތު

ނީލަންފެށޭ އަގު

އިތުރުކުރެވޭނެ އެންމެ ކުޑައަގު

01/2025

(G1862A-04 06-H) ދޯނި

-/350,000ރ

ފަހަރަކު  25,000/-ރ

02/2025

ޑިންގީ

-/10,000ރ

ފަހަރަކު  10,000/-ރ

 

 

 

   

 

 މި އުޅަނދުތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ފެށުމުގެ ކުރިން  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 13:00 އަށް ކައުންސިލަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިއިޢްލާނާއި އެކު ސިޓީލާ ނީލަމުގެ ގައިޑްލައިނާ، އަގުހުށަހަޅާ ސިޓީ އަދި  ނީލަންކިޔާ ތަކެތީގެ ފޮޓޯ ހިމެނިފައިވާނެއެވެ.

28 އެޕްރީލް 2025