ދިވެހިރާއްޖެ
އިޢްލާން.
ރ.އަނގޮޅިތީމު ރައްޔިތުންގެދޯނި "ދުރު ރާސްތާ 10" ކުއްޔަށްދިނުން
ރ.އަނގޮޅިތީމު ރައްޔިތުންގެދޯނި "ދުރު ރާސްތާ 10" ކުއްޔަށް ދޭން ބޭނުންވާތީ މި ދޯނި ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ދޯނީގެ ގެ ގަނޑާއި އައިސްކައްޅިތައް މަރާމާތު ކުރަންޖެހިފައިވާތީ ކުއްޔަށް ނަގާ ފަރާތުން މި މަސައްކަތްކުރާގޮތަށެވެ.
ދޯނިކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި އިދާރާއިން ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ބަލައިގެން ބީލަމަށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
މި ދޯނި ކުއްޔަށްނަގަން ބޭނުންވާ ފަރާތްތަކުން ދޯނީގެ ބީލަން ފޮތް ބައްލަވައި ގަނެވޭނެ އިންތިޒާމް 29 އެޕްރީލް 2025 ( އަންގާރަ ) ދުވަހުން ފެށިގެން 12 މެއި 2025 ( ހޯމަ ) ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާގައި ވަނީ ހަމަޖެހިފައެވެ. ބީލަން ފޮތެއްގެ އަގަކީ -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ) އެވެ. ދޯނި ކުއްޔަށް ނެގުމަށް ބީލަންފޮތް ގަންނަ ފަރާތްތަކަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 15 މެއި 2025 (ބުރާސްފަތި) ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 20 މެއި 2025 ( އަންގާރަ ) ދުވަހުގެ 10:30 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.
މި ބީލަމާއި ގުޅިގެން މަޢްލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ބީލަންފޮތް ބައްލަވައި ނުގަންނަ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. މަޢްލޫމާތު ސާފު ކުރައްވަން އަދި ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އެހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބަދަލުގައި ޙާޒިރުވާނަމަ އެކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.