މަސައްކަތް
ނަންބަރު: (IUL)363/363/2025/15
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 08 މޭ 2025 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ކަނޑާ މަގުތަކުގެ ރުއްގަސް ނަގައިދޭނެފަރާތެއް ހޯދުން

ކައުންސިލުން ދައްކާ ތަންތަނުގައި ހުރި ރުއްގަސް ވިއްކާލުމަށް މި އިދާރާއިން ބޭނުންވެއެވެ. ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކޮށް، ބިންގަނޑު އެއްވަރުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ. ރުއްގަސް ގަންނަ ފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހުއްދަތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.

ރުއްގަސް ހުރި ސަރަޙައްދުތައް:

  • އޯކިޑު މަގު( އާ ކައުންސިލް އިދާރާއާއި އިންވެގެންވާ މަގުގެ ދެކުނު ކޮޅު) މަގަށް އަރާ  – 120 ރުއް
  • ކުނި ކޮށި އަޅާ ސަރަހައްދު – 53 ރުއް
  • ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަޅާ ސަރަހައްދު – 23 ރުއް

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރީކުރުން

5 މޭ 2025

ހޯމަ

13:00

އަންދާސީ ހިސާބު ބަލައިގަތުން

8 މޭ 2025

ބުރާސްފަތި

13:00

 

މި ބިޑުގައި ރެޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކު މެތުވެރިކޮށް ރެޖިސްޓްރީ ކުރުމަށް އެދެމެވެ.

ލިންކު: https://forms.office.com/r/n05APbxpwx

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޔެވެ. ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ރެޖިސްޓަރ ކުރާ ފަރާތުގެ ޒިންމާއެކެވެ. ރެޖިސްޓަރ ކުރުމުން މި ޕްރޮޖެކްޓްގެ މައުލޫމާތު ޝީޓު މި އިދާރާއިން ފޮނުވާނެއެވެ.

 

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

               ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ [email protected] އަށް ލިޔުމުން ފޮނުއްވުން ނުވަތަ 6720035 އަށް ގުޅުއްވުން އެދެމެވެ.

 

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

28 އެޕްރީލް 2025