ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/30/2025/77
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 06 މޭ 2025 13:30
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-348107

ބޭނުންވާ ޢަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1   

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ސެކްޝަން/ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ، ކ.މާލެ

މުސާރަ:

-/8835 ރުފިޔާ

ސާރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން  އެކުއާކަލްޗަރ، އެކުއަޓިކް އިކޮލޮޖީ، އެކުއޭޓިކް ޕެތަލޮޖީ، ފިޝަރީޒް ސައިންސް، މެރިން ބަޔޮލޮޖީ، މެރިން ސައިންސް ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ

5. ރިސްކު އެކުލެވޭ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކަނޑުމަސްވެރިކަމާއި އެންވެރިކަމާއި ގުޅުންހުރި މެނޭޖްމަންޓް ޕްލޭންތަކުގައިވާ އަމާޒުތަކަށް ވާސިލުވުމަށް އަދި މި ވަސީލަތްތަކާއި ގުޅޭގޮތުން ކުރާ އެކިއެކި ދިރާސާ މަސައްކަތްތަކުގެ އަމާޒު ކަނޑައަޅައި، އަމާޒަށް ވާސިލުވުމަށް މުވައްޒަފުން ގައިޑްކުރުން.
  • ކަނޑުމަސްވެރިކަމާއި އެންވެރިކަމުގެ ދިރާސާ މަސައްކަތްތަކަށް ބޭނުންވާ ބަޖެޓް ރޭވުމާއި، މަސައްކަތްތަކާއި ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި މުވައްޒަފުން އަހުލުވެރިކުރުން.
  • ކަނޑުމަސްވެރިކަމާއި އެންވެރިކަމުގެ ދިރާސާ މަސައްކަތްތަކާއި ގުޅުންހުރި ސައިންޓިފިކް ލިޔުންތައް ތައްޔާރުކުރުމަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި އެ މަސައްކަތުގައި ބައިވެރިވުން
  • ކަނޑުމަސްވެރިކަމާއި އެންވެރިކަމުގެ ދިރާސާ ޕްރޮގްރާމްތައް ހިންގާނޭ ގޮތާއި، އެއްކުރާ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޕްރޮޓޮކޯލްތައް އެކުލަވާލުމާއި މި ޕްރޮޓޮކޯލްތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން އަދި އެއްކުރެވޭ ދިރާސާ މައުލޫމާތާއި އެހެނިހެން ގުޅުންހުރި ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓޭކަން ކަށަވަރުކުރުން.
  • ކަނޑުމަހުގެ ވަސީލަތްތަކާއި އެންވެރިކަމުގެ ވަސީލަތްތަކުގެ ދިރާސާތަކުގެ ނަތީޖާގެ އަލީގައި، ދެމެހެއްޓެނިވި ގޮތެއްގައި މިވަސީލަތްތައް ބޭނުންކުރުމަށް ތަފާތު ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވިލަރެސްކުރުން.
  • ކަނޑުމަހާއި އެންވެރިކަމުގެ ވަސީލަތްތައް ބޭނުންކުރާ އެކި ދާއިރާތަކުގެ މެދުގައި ހުރި ފުށުއެރުންތައް ދެނެގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓުމަށް މިފަދަ ފުށުއެރުންތައް މެނޭޖް ކުރުމާއި ގުޅޭ ލަފާ ދިނުން.
  • ރާއްޖެ ބައިވެރިވާ ކަނޑުމަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްޢިއްޔާތަކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު އެކުލަވާލައި، މައުލޫމާތު ފޯރުކޮށްދިނުމާއި، މި ޖަމްޢިއްޔާތަކުން ބާއްވާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުން.
  • ކަނޑުމަސްވެރިކަމާއި އެންވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް އެކަށައެޅުމަށް، ސައިންޓިފިކް މައުލޫމާތުގެ އަލީގައި، ދެމެހެއްޓެނިވި ގޮތެއްގައި މި މަސްވެރި ވަސީލަތްތައް މެނޭޖްކުރުމަށް އަދި އީކޯސިސްޓަމް ބޭސްޓް މެނޭޖްމަންޓަށް ބޭނުންވާ ސައިންޓިފިކް ލަފާ ދިނުން.
  • ކަނޑުމަހުގެ މަސްވެރިކަމާއި މަސްވެރި ވަސީލަތްތަކާއި ގުޅުންހުރި ރިސާރޗް ދާއިރާއިން ގައުމީ އަދި ބައިނަލްއަޤްވާމީ ގުޅުންތައް އުފައްދާ، ދިރާސާތައް ހިންގުން.
  • ކަނޑުމަސްވެރިކަމާއި އެންވެރިކަމުގެ ދާއިރާއިން، އިންސްޓިޓިއުޓުން އެކިއެކި ފަރާތްތަކާއި ގުޅިގެން ހިންގޭ ދިރާސާ ޕްރޮގްރާމްތައް ފަރުމާކުރުމުގައި އިންސްޓިޓިއުޓްގެ ދިރާސާ އަމާޒުތަކާއި އެއްހަމަކުރުމަށް ލަފާ ދިނުމާއި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން
  • އެކި ފަރާތްތަކުން ރާއްޖޭގައި ކުރަމުންދާ، ކަނޑުމަސްވެރިކަމުގެ އަދި އެންވެރިކަމުގެ ވަސީލަތްތަކާއި ގުޅުންހުރި ދިރާސާތަކާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
  • ކަނޑުމަސްވެރިކަމާއި ގުޅޭ ދިރާސާ ޕްރޮގްރާމްތަކުގެ ނަތީޖާ ސައިންޓިފިކް ޖާރނަލްތަކުގައި ޝާއިޢުކުރުން.
  • ދިވެހިރާއްޖޭގެ މާކަނޑުގެ ވަސީލަތްތަކަށް ބިނާވެ އަލަށް ތައާރަފްކުރާ ނުވަތަ ތައާރަފް ކުރަން މަސައްކަތްކުރާ މަސްވެރިކަންތަކާއި ގުޅުންހުރި ދިރާސާ ޕްރޮގްރާމްތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ރާވާ ހިންގުން.
  • ޑިވިޜަންގެ އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ވަގުތީގޮތުން ބަލަހައްޓަން ޖެހޭ ހާލަތުގައި ސެކްޝަން ހެޑްގެ ޒިންމާ އަދާކުރުން.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޚާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީ ސަނަދެއް ޚާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ތަޢުލީމީ ރޮނގުތައް:

  • އެކުއާކަލްޗަރ   
  • އެކުއަކަލްޗަރ އިންޖީނިއަރިންގ  
  • އެކުއަޓިކް އިކޮލޮޖީ   
  • އެކުއޭޓިކް ޕެތަލޮޖީ   
  • ބަޔޯކެމިސްޓްރީ  
  • ކޮރަލް ރީފް އިކޮލޮޖީ  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ފިޝަރީޒް ސައިންސް   
  • މެރިން ބަޔޮލޮޖީ   
  • މެރިން ސައިންސް   
  • މެސޮފޮޓިކް ރިސަރޗް  
  • އޯޝެނޮގްރަފީ  
  • ޓެކްސޮނޮމީ  

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން:

  • އެކުއާކަލްޗަރ   
  • އެކުއަޓިކް އިކޮލޮޖީ
  • އެކުއޭޓިކް ޕެތަލޮޖީ   
  • ފިޝަރީޒް ސައިންސް  
  • މެރިން ބަޔޮލޮޖީ 
  • މެރިން ސައިންސް  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފިޝަރީޒް
  • މެރިން ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ

އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 07 މޭ 2025 އާއި 27 މޭ 2025 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244 ނުވަތަ 3322625 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 އެޕްރީލް 2025