ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2025/98
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 06 މޭ 2025 13:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ/ ހއ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ

އިޢުލާނު

 

 

މަޤާމު:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-329351

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރ

މުސާރަ:

 5610.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 1963.50 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓާ ގުޅުންހުރި އެންމެހާ ކަންކަން ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  • އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓު ތައްޔާކުރުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  • މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރަންޖެހޭ ހުރިހާ ބަޖެޓްއެކައުންޓްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް،FM  ރިޕޯޓް ޗެކްކުރުމާއި ގަވާއިދުން އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ބަޖެޓް ފޯކާސްޓް ކުރުމާއި ބަޖެޓުޕްލޭން ތައްޔާރުކޮށް ބެލެހެއްޓުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހަ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ޕެޓީކޭޝް ފައިސާ އިން ފައިސާ ދޫކުރުމާއި، ޖަމާކުރުމާއި ގަވާއިދުން ރެކޯޑްތައް ބެލެހެއްޓުމާއި، ޕެޓީކޭޝްއާ ގުޅުންހުރި އެންމެހައި މަސައްކަތަކާ ތިޖޫރީ ބެލެހެއްޓުން.
  • ކޮންމެ މަހެއްގެ ޚަރަދުކުރެވުނު ގޮތުގެ ރިޕޯރޓާއި ބަޖެޓުގެ ބާކީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އަންގާފަ އޮންނަ މުއްދަތަށް މިނިސްޓްރީއާއި ޙިއްސާކުރުން.
  • އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ އޮޑިޓް މަސައްކަތްތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، މިނިސްޓްރީގެ ކަމާ ގުޅުންހުރި ފަރާތްތަކުން އަންގާ ގޮތެއްގެމަތިން ޖަވާބުދޭންޖެހޭ މުއްދަތުތަކަށް ޖަވާބުދިނުން.
  • ސެންޓަރުން ކުރަންޖެހޭ ދަތުރުތަކާއި ހޯދަންޖެހޭ ތަކެތި ހޯދުމުގައި ބަޖެޓް ޔުނިޓުން ކުރަންޖެހޭ ކަންކަން ޔުނިޓް ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  • ސެންޓަރަށް ހޯދާ ތަކެއްޗަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަންޖެހޭ މުއްދަތުގައި ކުރުމާއި ޤަވާއިދުން އެފަދަ ތަކެތީގެ ލިޔެކިއުންތައް ހަމަކޮށް ފައިލްކޮށް ބެލެހެއްޓުން.
  • އެފް.ސީ.އެސް.ސީ އަދި އަމާންހިޔާ/އަމާންވެށީގެ ބަޖެޓާ ގުޅުންހުރި ލިޔެކިޔުންތަކާއި ރިކޯޑްތައް ފައިލްކުރުމާއި ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތް ސެންޓަރު ހިންގުމާ ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  • ކޮންމެ އަހަރެއްގެ ފައިނޭޝަލް ސްޓޭޓްމަންޓް އެކުލަވާލައި މިނިސްޓްރީން ކަނޑައަޅާފައިވާ މުއްދަތު ތެރޭގައި ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އެ މުވައްޒަފެއްގެ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.
  • މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ  ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާން ޑިޕްލޮމާ / އެސޯސޮއޭޓް ޑިގްރީއެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ   Core

ބިޒްނަސް އެޑްމިނިސްޓްރޭޝަން 

ބިޒްނަސް މެނޭޖްމަންޓް 

ފައިނޭންސް   Core

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް     

މަޤާމުގެ ކޯ ޑިސިޕްލިން:

އެކައުންޓިންގ

ފައިނޭންސް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ފައިނޭންސް

އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މެއި 2025 ގެ 13:00 ގެ ކުރިން ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/އިމްތިހާން އޮންނާނީ،07 މެއި 2025  އާއި 06 ޖޫން 2025 އާ ދެމެދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައެވެ. އަދި އިމްތިޙާން އޮންނާނީ ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޝަންގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

01 ޛުލްގައިދާ 1446

28 އެޕްރީލް 2025

28 އެޕްރީލް 2025