ބީލަން
ނަންބަރު: (IUL)227-AD-PM/227/2025/11
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 07 މޭ 2025 10:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިި އިދާރާއިން ށ. ގޮއިދޫގައި ޤާއިމް ކުރެވިފައިވާ އޮޓޯޕޮޓް ގްރީންހައުސްއަށް ބޭނުންވާ ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1.  މިއިދާރާއިން ށ. ގޮއިދޫގައި ޤާއިމް ކުރެވިފައިވާ އޮޓޯޕޮޓް ގްރީންހައުސްއަށް ބޭނުންވާ ވާރޭފެން ރައްކާކުރުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  ‏2025‏ އޭޕްރިލް‏ 28ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މިބީލަމާ ބެހޭގޮތުން ބާއްވާ މައުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މެއި 01 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 01:00ގައި ށ.އަތޮޅު ކައުންސިލްގެ އިދާރާ އަދި ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2025‏ މެއި‏ 04ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2025‏ މެއި‏ 05 ވާ ހޯމަ  ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2025‏ މެއި‏ 07ވާ ބުދަ ދުވަހުގެ 10:00ގައި ށ.އަތޮޅު ކައުންސިލްގެ އިދާރާ އަދި ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540451

އީމެއިލް:     [email protected]

ކޮޕީ:       [email protected], [email protected]

28 އެޕްރީލް 2025