ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2025/78
ޕަބްލިޝްކުރި ތާރީޚް: 27 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 30 އެޕްރީލް 2025 14:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް އޮފިސަރ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް)

ވަޒީފާގެ ފުރުޞަތު

މަޤާމް:

 އެސިސްޓަންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

 ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

 02

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

 -/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ރާއްޖެއިން ބޭރުން ގެނެވޭ މުދަލާއި އެކްސްޕޯޓް ކުރެވޭ މުދަލަށް ކަސްޓަމްސް ޑެކްލަރޭޝަން ފުރިހަމަ ކުރުން. 
  • ޑެލިވަރީ އޯޑަރ ނަންގަންޖެހޭ އޮފީސް އިން ޑެލިވަރީ އޯޑަރ ނެގުމާއި ކޮންޓެއިނަރ ނޯޓްކުރުން
  • މުދާ ކްލިޔާ ކުރާ ބިލްތައް ހޯދުމާއި ކްލިއަރެންސް ޗާރޖް ޝީޓް ތައްޔާރު ކޮށް، ޖީ.އާރ.އެން ހެދުމަށް ސެންޓްރަލް ސްޓޯރަށް ފޮނުވުން. 
  • ކްލިއަރކޮށް ޑެލިވަރީ ކުރެވުނު މުދަލުގެ "ޑެލިވަރީ ނޯޓިފިކޭޝަން" ގުޅުން ހުރި ޑިޕާޓްމަންޓް ހެޑް އަދި ޔުނިޓް ހެޑް ހިމަނައިގެން ސެންޓްރަލް ސްޓޯރަށް މެއިލްކުރުން. 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 30 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

 މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 30 އެޕްރީލް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

 އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

29 ޝައްވާލް 1446

27 އެޕްރީލް 2025

27 އެޕްރީލް 2025