ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 13 ން 18 މެއި 2025 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "މިނީ ބާސްކެޓްބޯލް ފެސްޓިވަލް 2025 – އެކަޑަމީ އެޑިޝަން" ގައި ބައިވެރިވުމަށް އެދޭ އެކަޑަމީތަކުން 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ގްރޭޑް/އުމުރުފުރާ/ޖިންސު އެނގޭނޭގޮތަށް ބަޔާންކުރައްވާ މިއެސޯސިއޭޝަނުގެ އީމެއިލް، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އުމުރުފުރާތައް:
ގްރޭޑް-1 : 7 އަހަރުން ދަށް (އަންހެން/ފިރިހެން) – 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 8 އަހަރު ނުފުރޭ ކުދިން
ގްރޭޑް-2 : 8 އަހަރުން ދަށް (އަންހެން/ފިރިހެން) – 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 9 އަހަރު ނުފުރޭ ކުދިން
ގްރޭޑް-3 : 9 އަހަރުން ދަށް (އަންހެން/ފިރިހެން) – 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 10 އަހަރު ނުފުރޭ ކުދިން
ގްރޭޑް-4 : 10 އަހަރުން ދަށް (އަންހެން/ފިރިހެން) – 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 11 އަހަރު ނުފުރޭ ކުދިން