ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2025/86
ޕަބްލިޝްކުރި ތާރީޚް: 27 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 04 މޭ 2025 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓް

އިޢުލާނު

 

މަޤާމު:

ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-410489 ، J-410488

ބޭނުންވާ އަދަދު:

2

މަޤާމުގެ ގިންތި:

ދާއިމީ (މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 4 އަހަރު ދުވަހުގެ މުއްދަތަށް(

މަޤާމުގެ ރޭންކު:

ޑެޕިއުޓީ އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓް ރޭންކް 10

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް  10

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މަޤާމުގެ އަސާސީ މުސާރަ:

17985/-

މަޤާމު އެލަވަންސް:

10300/-

ހާޒިރީ އިނާޔަތް:

279/- (ހާޟިރުވާ ކޮންމެ ދުވަހަކަށް)

ޓެނުއަރޝިޕް އެލަވަންސް

5000/-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސުޕްރިންޓެންޑެންޓުންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕްރިންޓެންޑެންޓުން ކަނޑައަޅާ މަސައްކަތްތަކުގައި ސުޕްރިންޓެންޑެންޓުންނަށް އެހީތެރިވުން.
  2. ސުޕްރިންޓެންޑެންޓުން ނެތް ހާލަތްތަކުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިރުޝާދާއާއެކު ސުޕްރިންޓެންޑެންޓުންގެ މަސްއޫލިއްޔަތުތައް އަދާކުރުން.
  3. ތަޢުލީމީ ނިޒާމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މުވައްޒަފުންގެ ކިބައިގައި އަށަގަންނުވަން ބޭނުންވާ އެޑިޔުކޭޝަނަލް ލީޑަރޝިޕް ކޮލިޓީތައް ފޯރުކޮށްދިނުމުގެ ގޮތުން ސުޕްރިންޓެންޑެންޓުގެ ލަފާގެ މަތިން ޕްލޭންތައް އެކުލަވާލައި އެފަދަ އެންމެހައި ޕްލޭންތަކެއް ތަންފީޒުކުރެވެމުންދާގޮތް އަދާހަމަކޮށް ބެލެހެއްޓުން.
  4. ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެއްބާރުލުމާއި އިތުބާރު ސްކޫލްތަކުގެ މެދުގައި ޤާއިމްކުރުމަށްޓަކައި ސުޕްރިންޓެންޑެންޓުގެ ލަފާގެ މަތިން ޕްލޭންތައް އެކުލަވާލައި އެފަދަ އެންމެހައި ޕްލޭންތަކެއް ތަންފީޒުކުރެވެމުންދާގޮތުގެ އަދާހަމަ މައުލޫމާތު ސުޕްރިންޓެންޑެންޓަށް ރިޕޯޓްކުރަމުން ގެންދިއުން.
  5. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަންނީ އަދި އިދާރީ މުވައްޒަފުންނާއި ސްކޫލްތަކާއި ދެމެދު މުޢާމަލާތުކުރުމުގެ ފަހި މާޙައުލެއް ޤާއިމްކޮށްދިނުމަށްޓަކައި ޤާއިމްކުރަންޖެހޭ އެންމެހައި މަންސަތަކެއް ޤާއިމްކޮށް ސުޕްރިންޓެންޑެންޓުގެ ލަފާގެ މަތިން ބިނާކުރަނިވި މުޢާމަލާކުރުމުގެ ނިޒާމެއް އެކަށައަޅައި ކުރިއަށްގެންދިއުން.
  6. ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ވިލަރެސް ކުރުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެކިއެކި ޑިޕާޓްމަންޓުތަކުން ހިންގާ ހަރަކާތްތަކުގެ އެންމެފަހުގެ މައުލޫމާތު އަދާހަމަކޮށް އެފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޢަމަލީ ގޮތުން ބައިވެރިވެ މިފަދަ އެންމެހައި ހަރަތާތްތަކުގެ އަދާހަމަ މައުލޫމާތު ސުޕްރިންޓެންޑެންޓަށް ރިޕޯޓްކުރަމުން ގެންދިއުން.
  7. ސްކޫލް އިވެލުއޭޝަނުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި،  ސުޕްރިންޓެންޑެންޓުގެ ފަރާތުން ދޭންޖެހޭ ލަފަޔާއި އެހީތެރިކަން، ކިއު.އޭ.ޑީގެ އިތުރުން ސްކޫލް އިވެލުއޭޝަންގެ މަސައްކަތާ ގުޅުންހުރި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހެނިހެން ޑިޕާޓްމަންޓްތަކަށް ދިނުމާއެކު ސްކޫލް އިވެލުއޭޝަނުގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ޤައުމީ މަންހަޖު އޭގެ އެންމެ ފުރިހަމަ ގޮތުގައި ސްކޫލްތަކުގައި ތަންފީޒުކުރެވޭ ކަން ކަށަވަރުކުރުމަށްޓަކައި އެކަށައެޅިފައިވާ ނިޒާމުގެ އަދާހަމަ މައުލޫމާތު ބެލެހެއްޓުމާއެކު، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ސުޕްރިންޓެންޑެންޓަށްރިޕޯޓްކުރަމުން ގެންދިއުން.
  9. ޤައުމީ މަންހަޖު މުރާޖާކޮށް، ތަރައްޤީކޮށް ތަންފީޒުކުރުމަށްޓަކައި އެން.އައ.އީ އަށް ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު، އެން.އައި.އީގެ ފަރާތުން ހިންގާ މިފަދަ އެންމެހައި ހަރަކާތްތަކުގެ މައުލޫމާތު ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ސުޕްރިންޓެންޑެންޓަށް ރިޕޯޓްކުރަމުން ގެންދިއުން.
  10. ސްކޫލްތަކުގެ އަހަރީ ބަޖެޓް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ތައްޔާރުކޮށް ނިންމައި، ބަޖެޓް ހުށަހަޅަމުންދާކަން ކަށަވަރުކުރުން.
  11. މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ އިތުރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މާލީ އުސޫލުތަކާ އެއްގޮތަށް ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއެކު، އަހަރީ މާލީ ހިސާބު ތައްޔާރުކުރުމަށްޓަކައި ފައިނޭންސް ޑިވިޜަނަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  12. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި އުސޫ ލުތަކާ އެއްގޮތަށް ޒޯނުގައި ހިމެނޭ ސްކޫލްތައް ބައްޓަންކުރުމަށްޓަކައި ބޭނުންވާ އުސޫލުތައް ހެދުމުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެކަންކަން ޒޯނުގައި ހިމެނޭ ސްކޫލުތަކުގައި ތަންފީޒުކުރެވޭ މިންވަރު ބަލައި، މިފަދަ އެންމެހައި ކަންތައްތަކެއްގެ އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  13. ސްކޫލްތައް ހިންގުމަށްޓަކައި އެކުލަވާލަންޖެހޭ ޕްލޭން (އިސްތިރާޖީ އަދި އެހެނިހެން ޕްލޭން) ތަކާއި ޤަވައިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެ ޤަވައިދުތަކާއި އުސޫލުތައް، ޒޯނުގައި ހިމެނޭ ސްކޫލުތަކުގައި ތަންފީޒުކުރެވޭމިންވަރު ބަލައި، ހަމަޖެހިފައިވާ އުސޫލުގެމަތިން އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  14. ޚިދުމަތުގައި ތިއްވެބި މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ހަރަކާތްތައި، ސުޕްރިންޓެންޑެންޓްގެ ލަފަޔާއި އިރުޝާދުގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާ ގުޅިގެން ހިންގުމަށްފަހު، ޒޯނުގެ ސްކޫލުތަކުގައި ހިންގޭ މިފަދަ ހަރާތްތަކުގެ ނަތީޖާތައް އެވަލުއޭޓްކޮށް އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  15. ޒޯނުގައި ހިމެނޭ ސްކޫލްތަކުގައި ހިންގޭ އިތުރު ހަރަކާތްތައް ވިލަރެސްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއެކު، މިފަދަ ހަރާތްތަކުގެ ނަތީޖާތައް އިވެލުއޭޓްކޮށް އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  16. ޒޯނުގައި ހިމެނޭ ސްކޫލްތަކުގައި ހިންގާ ޔުނިފޯމު ހަރަކާތްތަކާއި، ދިރާސީ އަދި އެކިއެކި އެސޯސިއޭޝަންތަކުން ހިންގާ ކަންކަން ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެހީތެރިކަން ސްކޫލުތަކަށް ފޯރުކޮށްދިނުމާއެކު، މިފަދަ އެންމެހައި ހަރަކާތްތަކެއް ވިލަރެސްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށްފަހު، މިފަދަ ހަރާތްތަކުގެ ނަތީޖާތަކުގެ އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  17. ސްކޫލްތަކުގެ ވެރިންނާއި ޕީ.ޓީ.އޭގެ މަންދޫބުންނާ އެކު ހަރުދަނާ ނިޒާމެއްގެ ތެރެއިން މުޢާމަލާތުކުރެވޭކަން ކަށަވަރުކޮށް އަދި މުޢާމަލާތުކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް، އެފަދަ ބައްދަލުވުންތައް ބޭއްވުމުގައި ސުޕްރިންޓެންޑެންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.
  18. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ވަސީލަތްތައް ހަމަހަމަ ކަމާއެކު ސްކޫލްތަކަށް ލިބިދެވޭކަން ކަށަވަރު ކުރުރެވޭނެ ނިޒާމަކާއި އިންތިޒާމެއް ސްކޫލުތަކުގެ ވެރިންގެ މަޝްވަރާގެމަތިން ހަމަޖެއްސުމާއެކު، މިފަދަ އިންތިޒާމްތަކުގެ އަދާހަމަ ރިޕޯޓްތައް ސުޕްރިންޓެންޑެންޓާ ހިއްސާކުރުން.
  19. ތަޢުލީމުގެ ޤާނޫނު ތަންފީޒުކުރުމުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ ހައިސިއްޔަތުން ޙަވާލުކުރެވިފައިވާ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމާއެކު، މި ޤާނޫނު ތަންފީޒުކުރުމަށްޓަކައި، ހެދިފައިވާ އެހެނިހެންވެސް ޤަވައިދުތަކާ ޚިލާފުނުވާގޮތެއްގެ މަތިން ސުޕްރިންޓެންޑެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  20. ތަޢުލީމުގެ ޤާނޫނުން މިނިސްޓަރ ނިންމާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސުޕްރިންޓެންޑެންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ތަޢުލީމީ ދާއިރާއިން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، އެ ސަނަދުގެ ދިރާސާ ސްކޫލް ހިންގުމުގެ ދާއިރާއަށް ޚާއްޞަ ކުރެވިފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލް ހިންގުމުގެ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޤައުމީ ސަނަދުގެއޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން 3 އަހަރު ޕްރިންސިޕަލްގެ މަގާމުގައި ސްކޫލް އިސްވެ ހިންގުމުގައި ޚިދުމަތްކޮށްފައިވުން.

ނުވަތަ

  1. ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލް ހިންގުމުގެ ދާއިރާ ނުވަތަ ތަޢުލީމީ ދާއިރާއިން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އެ މުއްދަތުގެ ތެރެއިން 4 އަހަރު ޕްރިންސިޕަލްގެ މަގާމުގައި ސްކޫލް އިސްވެ ހިންގުމުގައި ޚިދުމަތްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

ޗޭންޖިންގ އެޑިއުކޭޝަން، ކަރްރިއުލަމް އެންޑް އިންސްޓްރަކްޝަން، އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، އެޑިއުކޭޝަން މެނޭޖްމަންޓް، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް، އެޑިއުކޭޝަނަލް ލީޑާޝިޕް، އެޑިއުކޭޝަނަލް ސައިކޮލޮޖީ، އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން، އިންކްލޫސިވް އެޑިއުކޭޝަން، އިންކްލޫސިވް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން، ލީޑަރޝިޕް އިން އެޑިއުކޭޝަން، ޕަރައިމަރީ އެޑިޔުކޭޝަން، ސްކޫލް އެޑްމިނިސްޓްރޭޝަން، ސްކޫލް އިފެކްޓިވްނަސް އެންޑް އިމްޕްރޫވްމަންޓް، ސްކޫލް ލީޑަރޝިޕް، ސްކޫލް މެނޭޖްމަންޓް، ސައިންސް އެޑިޔުކޭޝަން، ސެކަންޑަރީ އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް، ޓީޗަރ ލީޑަރޝިޕް 

ތަޢުލީމީ ދާއިރާ

ސްކޫލް މެނޭޖްމަންޓް، އެ ޑިޔުކޭޝަން މެނޭޖްމަންޓް، ސްކޫލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން.

އެޑިޔުކޭޝަން އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ސްކޫލް ލީޑަރޝިޕް، ޓީޗަރ ލީޑަރޝިޕް، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ޗޭންޖިންގ އެޑިޔުކޭޝަން، ސައިންސް އެޑިޔުކޭޝަން، ޕްރައިމަރީ އެޑިޔުކޭޝަން، ސެކަންޑަރީ އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އެޑިޔުކޭޝަނަލް ޓްރާންސްޕޯމޭޝަން، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ސްކޫލް އިފެކްޓިވްނަސް އެންޑް އި މްޕްރޫވްމަންޓް.

ކިޔަވައިދިނުމުގެ ދާއިރާ

ޓީޗިންގ، އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް، އިންކްލޫސިވް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަން، އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް.

ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާ

ސްކޫލްގައި ކިޔަވައި ދިނުމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މާއްދާއެއް.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސްކޫލް މެނޭޖްމަންޓް، އެޑިއުކޭޝަން މެނޭޖްމަންޓް، ޓީޗިންގ އެޓް ޕްރީސްކޫލް، ޓީޗިންގ އެޓް ޕްރައިމަރީ ސްކޫލް، ޓީޗިންގ އެޓް ސެކަންޑަރީ ސްކޫލް، ޓިޗީންގ އެޓް ހަޔަރ ސެކަންޑަރީ ސްކޫލް، އެޑިޔުކޭޝަނަލް ޕޮލިސީ، ލީޑިންގ ޓީޗަރ

ކިޔަވައި ދިނުމުގެ ތަޖުރިބާ

ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކަންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ

ތަޢުލީމާބެހޭ / މަތީ ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ / މަތީ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖީރިއަލް ނުވަތަ ޕޮލިސީ މަސައްކަތްތައް، މީގެ ތެރޭގައި ލީޑިންގ ޓީޗަރުގެ ޒިންމާވެސް ހިމެނެއެވެ .

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތުހަމަވުމުން

މަގާމުގެ ޝަރުޠު ފުރިހަމަވުން

20

 

އަސާސީ ޝަރުޠުގައި ބަޔާންކުރާ  "ހިންގުމުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ (ޕްރިންސިޕަލްގެ މަޤާމުގައި ހޭދަވާ މުއްދަތު އުނިކޮށް)

04

އަސާސީ ޝަރުޠުގައި ބަޔާންކުރާ  "ހިންގުމުގެ ދާއިރާގެ ތަޖުރިބާގެ ތެރޭގައި ހިމެނޭ ޕްރިންސިޕަލްގެ މަޤާމުގައި ސްކޫލު ހިންގުމުގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

06

އިންޓަވިއު                  

40

ޕްރެކްޓިކަލް

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މޭ 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/WoSzfBtVN8CST7UQ8 

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3041100) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސްޕްރިންޓެންޑެންޓް އަދި ޑެޕިއުޓީ ސްޕްރިންޓެންޑެންޓްގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/101 އިން ލިބެން ހުންނާނެއެވެ.

27 އެޕްރީލް 2025