ބީލަން
ނަންބަރު: (IUL)351/351/2025/28
ޕަބްލިޝްކުރި ތާރީޚް: 27 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 05 މޭ 2025 10:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރުމާއި, ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކައުންސިލުން ރާވާ ހިންގުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ ޓްރެއިނިންގ ކޭމްޕް ކުރިއަށް ގެންގޮސްދިނުމަށް ވަޑައިގަންނަވާ 2 (ދޭއް) ކޯޗުންނަށް 10 މެއި 2025 އިން 31 މެއި 2025ގެ ނިޔަލަށް ހުރުމާއި، ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރި ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި ދުވާލަކަށް (03 ވޭލާއަށް; ހެނދުނު ސައި، މެންދުރު ކެއުން އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 05 މެއި 2025 ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.   

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

27 އެޕްރީލް 2025