ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301-AS/301/2025/26
ޕަބްލިޝްކުރި ތާރީޚް: 27 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 06 މޭ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

 

އިޢުލާނު

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-402558

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް އިދާރާ

މުސާރަ:

-/5610 ރ. (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރ. (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް  ގެ ގޮތުގައި -/700 ރުފިޔާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  4. ސްޕެސަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާގެ %35 ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުނ

3. ވިޔަފާރީގެ ހުއްދަދޫކުރުމާއި ބާތިލްކުރުން އަދި ހޮޓާކެފޭ ރެސްޓޯރަންޓް ހިންގުމުގެ ހުއްދަދިނުމާއި ހުއްދަ ބާތިލްކުރުމުގެ މަސައްކަތް.

4. ވިޔަފާރިއާއި އިންވެސްޓްމަންޓާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން

5. ރަށުގައި އުޅޭބިދޭސީންގެ ރަޖިސްޓްރީއެއްހަދާ، ރަށުގައި އުޅޭބިދޭސީންގެ މަޢުލުމާތުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްފޮނުވައި އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން

6. ސަރުކާރުން އިނާޔަތް ދެއްވާ އުމުރުން 65 އަހަރުންމަތީ މީހުންނާއި، އެކަނިވެރި މައިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ފުރިހަމަ ރަޖިސްޓްރީއެއް ހަދާ ބެލެހެއްޓުން

7. ކައުންސިލްގެ އިދާރާއަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން

8. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ރަށުގެ މަގުހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން

9. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ރަށުގެ ބަނދަރު ބެލެހެއްޓުން

10. މަގުމަތި ދިއްލައި ބެލެހެއްޓުން

11. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

12. ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން

13. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ގޮއިފާތައް ކުއްޔަށް ދޫކުރުމާއި، ބެލެހެއްޓުން

14. ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން ވެލި، އަކިރި ދޫކުރުން

15. ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކައުންސިލްގެ އިދާރާ ހުޅުވައި ލެއްޕުން

16. މިއިދާރާގެ ބެލުމުގެދަށުން ނީލަންކިޔާ ތަކެތީގެ ލިސްޓްނަގައި އިޢުލާންކޮށް ނީލަންކިޔުމާގުޅޭ އެންމެހައި ކަންތައްތައްކުރުމާއި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން

17. ސަރުކާރުން އަދި ކައުންސިލުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާނުހިނގާ ގޮތް ބަލައި ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

18. ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން

ކައުންސިލްގެ ބޭނުމަށް އިދާރާއިން ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން

19. ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން

20. މިއިދާރާގެ ބެލުމުގެދަށުން ނީލަންކިޔާ ތަކެތީގެ ލިސްޓްނަގައި އިޢުލާންކޮށް ނީލަންކިޔުމާގުޅޭ އެންމެހައި ކަންތައްތައްކުރުމާއި އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން

21. ސަރުކާރުން އަދި ކައުންސިލުން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާނުހިނގާ ގޮތް ބަލައި ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

މަޤާމުގެ ޝަރުޠުތައް:

. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

އެކައުންޓިންގ /އެޑްމިނިސްޓްރޭޝަން/އެގްރިކަލްޗަރަލްސައިންސް/އެންތްރޯޕޮލޮޖީ /އާކިޓެކްޗަރ /ބިޒްނަސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ކޮމާސް/ކޮމިޔުނިޓީ ޑިވެލޮޕްމަންޓް /ކޮމްޕިއުޓަރ ސައިންސް / ކައުންސިލް އެޑްމިނިސްޓްރޭޝަން/ކަލްޗަރ އެންޑް ހެރިޓޭޖް/ޑިމޮގްރަފީ /ޑިވެލޮޕްމަންޓް ސްޓަޑިޒް

 /އިކޮނޮމިކްސް/އެޑިއުކޭޝަން /އެންވަޔަރަންމެންޓަލް ސައިންސް/ފައިނޭންސް/ގަވަރނަންސް /ގަވަރނަންސް އެންޑް

 ޑިވެލޮޕްމަންޓް/ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް/ ހިއުމަން ރިސޯސް/އިންފޮމޭޝަން ޓެކްނޮލޮޖީ/ އިންޓަނޭޝަނަލް ރިލޭޝަންސް/ލޯ /ލީޑަރޝިޕް/ލައިބްރަރީ ސައިންސް/ލޯކަލް ގަވަރނަންސް/މެނޭޖްމަންޓް/މެރިން ސައިންސް/މާކެޓިންގ

 /އޮފީސް އެޑްމިނިސްޓްރޭޝަން /ޕޮލިސީ ސްޓަޑިޒް/ޕޮލިޓިކަލް ސައިންސް/ޕްރޮޖެކްޓު މެނޭޖުމަންޓު /ޕަބްލިކް އެޑްމިނިސްޓްރޭޝަން/ޕަބްލިކް މޭނޭޖްމަންޓް/ޕަބްލިކް  ޕޮލިސީ /ޕަބްލިކް ރިލޭޝަންސް /ޝަރީޢާ އެންޑް ލޯ

 /ސޯޝަލް ސައިންސް/ސޯޝަލް ވޯރކް /ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓް/ސްޓެޓިސްޓިކްސް/ސްޓްރަކްޗަރަލް އިންޖިނިއަރިންގ/ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް/އަރބަން ޕްލޭނިންގ / އާބަން ސްޓަޑީޒް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

އެކައުންޓިންގ /އެޑްމިނިސްޓްރޭޝަން/އެގްރިކަލްޗަރަލްސައިންސް/އެންތްރޯޕޮލޮޖީ /އާކިޓެކްޗަރ /ބިޒްނަސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓް/ސިވިލް އިންޖިނިއަރިންގ/ކޮމާސް/ކޮމިޔުނިޓީ ޑިވެލޮޕްމަންޓް /ކޮމްޕިއުޓަރ ސައިންސް / ކައުންސިލް އެޑްމިނިސްޓްރޭޝަން/ކަލްޗަރ އެންޑް ހެރިޓޭޖް/ޑިމޮގްރަފީ /ޑިވެލޮޕްމަންޓް ސްޓަޑިޒް

 /އިކޮނޮމިކްސް/އެޑިއުކޭޝަން /އެންވަޔަރަންމެންޓަލް ސައިންސް/ފައިނޭންސް/ގަވަރނަންސް /ގަވަރނަންސް އެންޑް

 ޑިވެލޮޕްމަންޓް/ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް/ ހިއުމަން ރިސޯސް/އިންފޮމޭޝަން ޓެކްނޮލޮޖީ/ އިންޓަނޭޝަނަލް ރިލޭޝަންސް/ލޯ /ލީޑަރޝިޕް/ލައިބްރަރީ ސައިންސް/ލޯކަލް ގަވަރނަންސް/މެނޭޖްމަންޓް/މެރިން ސައިންސް/މާކެޓިންގ

 /އޮފީސް އެޑްމިނިސްޓްރޭޝަން /ޕޮލިސީ ސްޓަޑިޒް/ޕޮލިޓިކަލް ސައިންސް/ޕްރޮޖެކްޓު މެނޭޖުމަންޓު /ޕަބްލިކް އެޑްމިނިސްޓްރޭޝަން/ޕަބްލިކް މޭނޭޖްމަންޓް/ޕަބްލިކް  ޕޮލިސީ /ޕަބްލިކް ރިލޭޝަންސް /ޝަރީޢާ އެންޑް ލޯ

 /ސޯޝަލް ސައިންސް/ސޯޝަލް ވޯރކް /ސޯޝިއޮލޮޖީ/ސްޕޯޓްސް މެނޭޖްމަންޓް/ސްޓެޓިސްޓިކްސް/ސްޓްރަކްޗަރަލް އިންޖިނިއަރިންގ/ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް/އަރބަން ޕްލޭނިންގ / އާބަން ސްޓަޑީޒް

މަޤާމުގެ ކޯޑިސިޕްލިން:

 ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން 

30

އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ސަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: - މަޤާމަށް ޢައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް) އިން ފެށިގެން މަތީން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2025 މޭ 06  ވާ އަންގާރަ  ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު  އުތުރުބުރީ  އަނގޮޅިތީމު ކައުންސިލް އިދާރާއަށް . ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ،  2025 މޭ 07 އިން 2025 މޭ 22 އާ ދެމެދު، އަނގޮޅިތީމު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580071 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

27 އެޕްރީލް 2025