ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2025/7 (05 ފެބްރުއަރީ 2025) އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
ހަވާލާދެވިފައިވާ އދ. ފެންފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލެވުނު އިޢުލާނާއެކު އާނމުކުރެވުނު، "އދ. ފެންފުށިން ދިރިއުޅުމަށް ބަނޑާރަގޯތި ދޫކުރުމުގެ އުޞޫލް" އަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓަރަކްޗަރ ގެ ލަފާގެމަތިން ވަނީ ބައެއް އިޞްލާޙް ގެނެވިފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓަރަކްޗަރ ގެ ލަފާގެމަތިން އިސްލާހުކުރެވިފައިވާ "އދ. ފެންފުށިން ދިރިއުޅުމަށް ބަނޑާރަގޯތި ދޫކުރުމުގެ އުޞޫލް 2025" މި އިއުލާނާއެކު އާންމުކުރީމެވެ.
ވީމާ، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "އދ. ފެންފުށިން ދިރިއުޅުމަށް ބަނޑާރަގޯތި ދޫކުރުމުގެ އުޞޫލް 2025" ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުންފެށިގެން 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:30 އަށެވެ.
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2025/7 (05 ފެބްރުއަރީ 2025) އިއުލާނާގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުން، މިއިއުލާނާގުޅިގެން އަލުން ފޯމްހުށަނޭޅުއްވިނަމަވެސް، އެފަރާތްތަކުން ހުށަހަޅުއްވާފައިވާ ފޯމްތައް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓަރަކްޗަރ ގެ ލަފާގެމަތިން އިސްލާހުކުރެވިފައިވާ "އދ. ފެންފުށިން ދިރިއުޅުމަށް ބަނޑާރަގޯތި ދޫކުރުމުގެ އުޞޫލް 2025" އާއިއެއްގޮތަށް އިވެލުއޭޓްކޮށް ގޯތިދޫކުރުމުގެ މަސައްކަތް ކުރާނެކަމުގައި ދަންނަވަމެވެ.
މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2025/7 (05 ފެބްރުއަރީ 2025) އިއުލާނާގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުން، ތިރީގައި ބަޔާންކުރާ ލިޔުންތައް ފޯމާއެކު ހުށަހަޅުއްވަފައިނުވާނަމަ 27 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުންފެށިގެން 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް، މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް އަންގަމެވެ.
1- ތަރިކައިން ލިބެންއޮތްބައި ދޫކޮށްލުމަށް ވެވޭ އިޤްރާރު (މި އިގްރާރު ހުށަހަޅުއްވަންޖެހޭނީ ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިގެ އުޞޫލުން ބަހައިގެން ބިމުން ލިބެން އޮންނަބައި ލިބެންއޮތް ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.)
2- ދިވެހިރައްޔިތެއްކަން އަންގައިދާ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭ އެންމެހާ ފަރާތްތަކުގެ، މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑުގެ ކޮޕީ
3- ގޯއްޗަށްއެދި ފޯމްހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މަންމަގެނަމުގައި ގޯއްޗެއްވާނަމަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ
4- ގޯ އްޗަށްއެދި ފޯމްހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ބައްޕަގެނަމުގައި ގޯއްޗެއްވާނަމަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ
ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.