ވަޒީފާގެ ފުރުޞަތު
ނަންބަރު: N-10HC/THC/IULAAN/2025/05
ޕަބްލިޝްކުރި ތާރީޚް: 27 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 04 މޭ 2025 12:00
ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

`

 

 

ތިމަރަފުށީ ޞިއްޙީމަރުކަޒު

  ‎‏ތ. ތިމަރަފުށި،  ދިވެހިރާއްޖެ‏ 

  ނަންބަރު: N-10HC/THC/IULAAN/2025/05 ‎

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-366757

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް،އެސް 03

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ. ތިމަރަފުށީ ޞިއްޙީމަރުކަޒު‏

މުސާރަ:

-/7035ރ

ސަރވިސް އެލަވަންސް:

-/2000ރ

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900

ރިސްކް އެލަވަންސް: -/25 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

ހެލްތް އެލަވަންސް: މުސާރައިގެ %35 (މަހަކު)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭނާއި،މިނިސްޓްރީގެ ސްޓްރެޓެޖިކް ޕްލޭނުގެ މައްޗަށް ޞިއްޙީމަރުކަޒުގެ އެސް.އޯ.ޕީތައް އެކުލަވާލާ އަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ހާސިލުވާނޭގޮތަށް ޞިއްޙީމަރުކަޒުގެ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފާރާތުގެ ލަފަޔާއި މަޝްވަރާގެމަތިން ހިންގުން
  2. މިނިސްޓްރީ އޮފް ހެލްތުން އެމަރުކަޒެއް ގިންތި ކޮށްފައިވާ މިންވަރަށް ކަނޑައަޅާފައިވާ ޙިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބާތޯބަލައި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާއާއިއެކު އެމައްސަލަތައް ހައްލުކުރުން
  3. ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ދެނެގަނެ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ އެފަރާތުގެ ސަމާލުކަމަށް ގެނެސް މިނިސްޓްރީ އޮފް ހެލްތްއާއި ތ.އަތޮޅު ހޮސްޕިޓަލް އިން ކަނޑައަޅަފައިވާ އުޞޫލާއެއްގޮތަށް އެތަކެތި ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން
  4. ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކޯލީގަލް ކަންތައްތައް ތ.އަތޮޅު ހޮސްޕިޓަލްއާއި މިނިސްޓްރީގެ މަޝްވަރާގެ މަތިން ކުރިއަށްގެންދިއުމާއި، ހުށައެޅޭ މައްސަލަތަކާއިގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ އިންތިޒާމެއް ގާއިމްކުރުން
  5. ޞިއްޙީމަރުކަޒުގެ ތަފާސް ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތާއި ތ.އަތޮޅު ހޮސްޕިޓަލްއިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތައް ފޮނުވަންޖެހޭ ރިޕޯރޓްތައް ފޮނުވާފައިވޭތޯ ބެލުން
  6. ޞިއްޙީމަރުކަޒުގެ އިންވެންޓްރީއާއި ސްޓޮކްތައް (މެޑިކަލް، ޖެނެރަލް) ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތައް ބެލެހެއްޓުވުން
  7. ދައުލަތުގެ މުދަލާއިފައިސާ އާ ބެހޭކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުވުން
  8. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތުގެ މަޝްވަރާއާއިއެކު، ޞިއްޙީމަރުކަޒުގެ އަހަރީ ބަޖެޓް މިނިސްޓްރީއާއި ތ.އަތޮޅު ހޮސްޕިޓަލްއިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކުރުމާއި ޚަރަދުކުރުމަށް ލިބިފައިވާ ފައިސާ މެނޭޖްކުރުމާއި ޚަރަދު ރިޕޯރޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ހޮސްޕިޓަލަށް ފޮނުވުން
  9. ޞިއްޙީމަރުކަޒުގެ މަރާމާތުތައް މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތި ތެރޭގެ މުއާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިޔަށް ގެންދިއުން
  10. ދިވެހި ސިވިލްސާރވިސްގެ ގަވާއިދުތަކާއި މިނިސްޓްރީއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ ވަޒީފާ އާއި ބެހޭ އެންމެހާ ކަންތައްތައް ކުރަމުން ގެންދޭތޯ ބެލުން
  11. ރަށަށް އަމާޒުކޮށްގެން ޢާއްމުޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރކުރުން
  12. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ގުޅިގެން ހޮޓާ، ކެފޭ އަދި ހެދިކާހަދާ ތަންތަނާއި ކާބޯތަކެތި ވިއްކާ ފިހާރަތްތަކުންދޭ ޚިދުމަތްތައް ހުރީ ކަނޑައަޅައިފައިވާ ޞިއްޙީމިންގަނޑުތަކާ އެއްގޮތައްތޯ ބެލުމަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ގުޅިގެން ބޭސްފިހާރަތަކާއި މަސްވެރިކަން ކުރާ އުޅަނދުފަހަރު އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުން
  13. ޞިއްޙީމަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި އެފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  14. ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ޒިންމާތައް އެ މަރުކަޒަކަށް ރައީސުލްޖުމުހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ފަރާތެއްވާނަމަ، އެފަރާތާއި ގުޅިގެން އެފަރާތުގެ މަޝްވަރާއާއިއެކު، ސަރުކާރުގެ ޤަވާއިދުތަކާއި އުޞޫލުތަކުތެރޭން ކުރުން
  15. މަރުކަޒުގައިވާ ތަކެތީގެ ތެރެއިން ގަވާއިދުން ސާރވިސް ކުރަންޖެހޭ ތަކެތި ސާރވިސް ކުރުމުގެ ކަންތައް އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރުވުން
  16. މަރުކަޒުން ‏ކުރަންޖެހޭ އެއްގަމު ދަތުރުތަކާއި، ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކުރުން‏
  17. މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން
  18. މަރުކަޒުގެ އެއްގަމު ވެހިކަލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުން‏
  19. މަރުކަޒުގެ މެޑިކަލް އަދި ޖެނަރަލް ސްޓޮކްއަށް ބޭނުންވާ ތަކެތި ހޯދާ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި ބޭނުންވާ ތަކެތި ދޫކުރުމުގެ މަސައްކަތް ކުރުވުން
  20. މަރުކަޒުގެ ފަޔަރ އެލާރމް ސިސްޓަމް އިންތިޒާމްކުރުމާއި، މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތާއި ތަމްރީން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުންް
  21. މަރުކަޒުގެ ސާރވާސިސްޓަމް ބެލެހެއްޓުމާއި ކޮންޕިޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަށް ބޭނުން ކުރެވޭވަރުވޭތޯ ބަލައި މައްސަލައެއް ދިމާވެއްޖެނަމަ އަތޮޅު ހޮސްޕިޓަލްގެ އެހީތެރިކަމާއި އެކު ހައްލުކުރުން
  22. ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ފޯމުތައް ފުރައި، ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން
  23. މަރުކަޒުގެ ޓެލެފޯން ލައިންތަކާއި ޕީއޭބީއެކްސް ބެލެހެއްޓުމުގެ މަސައްކަތް ކުރުން
  24. މަރުކަޒުގެ ސްޓޮކްގައިހުރި ނައްތާލަންޖެހޭ ތަކެތި ޤަވާޢިދުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  25. މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން
  26. ޞިއްޙިމަރުކަޒަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގަވާއިދު ތަކާއި އުސޫލުތަކާ އެއްގޮތަށް ކުރުވުން.
  27. ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހެލްތު މިނިސްޓްރީ އިން ކަނޑައަޅާ ވަގުތު ތެރޭގައި ގަވައިދުން ކުރުވުން
  28. ޞިއްޙީމަރުކަޒުގެ ބަޖެޓް މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތަކާއި ލިޔުންތައް ގަވައިދުން ތައްޔާރު ކުރުވުން
  29. ޕްރައިމަރީ ހެލްތު ކެއަރ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން
  30. ސިއްހީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން‏

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާން ސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކ،ު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެ ލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމަށް ކަނޑައަޅާފައިވާ ޕްރިފާރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން ގޮތުގައި ކަނޑައަޅަފައިވާ ދާއިރާތައް: ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަ ވުމަށް

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 މެއި 2025ގެ 12:00  ގެ ކުރިން، ‏ތ. ތިމަރަފުށީ ‏‏ޞިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާ 18 މެއި 2025 އާއި 05 ޖޫން 2025އާއި ދެމެދު، ‏ތ. ތިމަރަފުށީ ‏‏ޞިއްޙީމަރުކަޒު‏ ގައެވެ. ‏

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780503 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

29 ޝައްވާލް 1446ހ

27 އޭޕްރިލް 2025

27 އެޕްރީލް 2025