ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472-GA/INDIV/2025/7
ޕަބްލިޝްކުރި ތާރީޚް: 26 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 04 މޭ 2025 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީއަށް ހުށަހެޅި، ބަލަމުންދާ ބައެއް މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށްޓަކައި  ތިރީގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން، މި އިއުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވެ ދެއްވުމަށް ދަންނަވަމެވެ. އަދި ހާޒިރު ނުވެވޭނެ ބޭފުޅުން، ތިރީގައިވާ މަޢުލޫމާތު [email protected] އީ.މެއިލް ކުރުމަށް ދަންނަވަމެވެ.

 

  • ފޯން ނަންބަރު
  • އީ.މެއިލް އެޑްރެސް
  • މިހާރު ދިރިއުޅޭ އެޑްރެސް

 

މި އިޢުލާނާއި ގުޅިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ޙާޟިރުވެފައިނުވާނަމަ، ނުވަތަ މަޢުލޫމާތު ހިއްޞާކޮށްފައިނުވާނަމަ، އެ ފަރާތްތަކުގެ އުޅަނދުތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމުގައިބަލައި، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ.

 

1-  ރަޖިސްޓްރީ ނަންބަރު B1B8306

2-  ރަޖިސްޓްރީ ނަންބަރު B1B8334

3-  ރަޖިސްޓްރީ ނަންބަރު B1B3955

 

 

      ވީމާ، މިކަން  ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

26 އެޕްރީލް 2025