މަސައްކަތް
ނަންބަރު: (IUL)289/289/2025/23
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 23:08
ސުންގަޑި: 30 އެޕްރީލް 2025 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ކައުންސިލްގެ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ލޯގޯ އަދި ބްރޭންޑިން ކިޓް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމަވެ. ހުށަހެޅޭ ލޯގޯ އަދި ބްރޭންޑިންގ ކިޓްތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް -/15000 (ފަނަރަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރެޖިސްޓްރީވުމަށްއެދޭ ފޯމް ފުރުއްވައި ހުށައެޅުއްވުންއެދެމެވެ. އަދި ލޯގޯ އާއި ބްރޭންޑިންކިޓް 30 މެއި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓްރޭޝަންފޯމް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މުއްދަތު ހަމަވުމުގެކުރިން ރެޖިސްޓަރވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާ ފަރާތްތަކުން ހުށަހަޅާ ލޯގޯ އަދި ބްރޭންޑިންކިޓް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް އިދާރާގެ ނަންބަރ 6560007 ނުވަތަ 9668680 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އެޕްރީލް 2025