މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/94
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 06 މޭ 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އޮރެންޖް ހިޔާ (ހުޅުމާލެ) އިމާރާތުގެ ގޯތި ތެރޭގައި ޓަކް ޝޮޕެއް ފަރުމާކޮށް ހަދައި ހިންގަދޭނެ ފަރާތެއް ހޯދުމަށް އެދި

        އިޢުލާން

 

އޮރެންޖް ހިޔާ (ހުޅުމާލެ) އިމާރާތުގެ ގޯތި ތެރޭގައި ޓަކް ޝޮޕެއް ފަރުމާކޮށް ހަދައި ހިންގަދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 މެއި 2025 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 މެއި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 މެއި 2025 ވާ އާދީއްތަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

24 އެޕްރީލް 2025