މަސައްކަތް
ނަންބަރު: (IUL)88-MCEP/88/2025/144
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 08 މޭ 2025 11:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބެނިފިޝިއަރީ ސަރވޭ ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެދައުވަތު - އިންޑިވިޖުއަލް ކޮންސަލްޓެންސީ - 2 ވަނަ އިޢުލާން

 

(IUL)88-MCEP/88/2025/144:ނަމްބަރު

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބެނިފިޝިއަރީ ސަރވޭ ހެދުމުގެ ކޮންސަލްޓެންސީ ޙިދުމަތް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެދައުވަތު - އިންޑިވިޖުއަލް ކޮންސަލްޓެންސީ -  2 ވަނަ އިޢުލާން

ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ އިމްޕެކްޓް އެސެސް ކުރުމަށް އިންޑިޕެންޑެންޓް ބެނިފިޝިއަރީ ސަރވޭ އެއް  ހެދުމުގެ ކޮންސަލްޓެންސީޙިދުމަތް ފޯރުކޮދޭނެ ފަރާތެއް ހޯދުމުށް ކުރެވުނު ނަންބަރު (IUL)88-MCEP/88/2025/46 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ، މި ޙިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. އިތުރު މައުލޫމާތު ޓީ.އޯ.އާރު ގައި ތަފްސީލު ކުރެވިފައިވާނެއެވެ.

މި މަސައްކަތައް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތަފްސީލު ޓީ.އޯ.އާރްގެ (6). އެކެޑެކޮލިފިކޭޝަން އެންޑް އެކްސްޕީރިއެންސް ގައި ތަފްސީލު ކުރެވިފައިވާނެއެވެ. އަދި އިވެލުއޭޝަން ކްރައިޓީރިޔާ ޓީ.އޯ.އާރްގެ (8)ސެލެކްޝަން ކްރައިޓީރިއާގައި ވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ވާރލްޑް ބޭންކް ގައިޑްލައިންސް: "ޕްރޮކިޔުމަންޓް ރެގިޔުލޭޝަން ފޮރ އައި.ޕީ.އެފް ބޮރޯވަރސް" ގެ ދަށުން "އިންޑިވިޖުއަލް ކޮންސަލްޓެންޓުން" ހޯދުމުގެ ޕްރޮކިޔުމަންޓް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ލިބިފައިވާ ތަޢުލީމީ އަދި ޕްރޮފެޝަނަލް ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި. ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.
  • ހުށަހަޅާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި މަސައްކަތުގެ ތަޖްރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ. މީގެ އިތުރުން މި މަސައްކަތައް ބޭނުންވާ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދޭފަދަ ލިޔެކިޔުމުގެ އިތުރުން މިފަދަ އެސައިންމެންޓްތައް ނިންމިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.    
  • މަދުވެގެން 3 ފަރާތަކުން ހޯދާފައިވާ މަސައްކަތް ނިމުނުކަމުގެ ރެފެރެންސް ލިޔުން ހުށަހަޅަންވާނެއެވެ.
  • މެނޭޖްމެންޓް އެންޑް އިމްޕްލިމެންޓޭޝަން ޕްލޭން

މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރ) މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.   

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 8މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލްގެ ސަބްޖެކްޓްގައި ތިރީގައި މި ވާގޮތަށް ލިޔެވިފައި އޮންނަންވާނެއެވެ.

[email protected]

Email subject: “Expression of Interest - Individual Consultancy Services: To conduct an Independent Beneficiary survey on Maldives Clean Environment Project - (IUL)88-MCEP/88/2025/144

އެޑްރެސް:

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިޔުޝަން ކޮންޓްރޯލް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް،

ސާފު ރާއްޖެ ބިލްޑިންގް/ މާލެ، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ފޯނު ނަންބަރު: 3018451 

24 އޭޕްރީލް 2025

24 އެޕްރީލް 2025