މަސައްކަތް
ނަންބަރު: (IUL)333/333/2015/65
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 07 ސެޕްޓެންބަރު 2015 11:45
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓީޝާޓް ފަހައިދޭނޭ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޓީޝާޓް ފަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:45 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:45 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް

  • އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް  
  • ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
  • ކްލަބު ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް  
  • ހާޒިރުވާ ބޭފުޅަކީ ކުންފުނި ނުވަތަ ކްލަބް ޖަމްޢިއްޔާ ތަމްސީލު ކުރައްވަން ދުރުވާ ބޭފުޅެއްކަން އެނގޭނޭ ކުންފުނި ނުވަތަ ކްލަބް ޖަމްޢިއްޔާގެ ރަސްމީ ލިޔުމެއް

ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސްހޯލުގައި އެދުވަހުގެ 11:50ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015