ޢާންމު މަޢުލޫމާތު
ނަންބަރު: Q10C-A/2025/17
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 06 މޭ 2025 00:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ

ނަންބަރު:Q10C-A/2025/17

އިޢުލާން

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާ ގުޅޭ

ގދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި ފަސޭހަކަމާއެކު އެކަން ކުރުމުގެ މަގު ފަހިކުރުމުގެ ގޮތުން ތަރުޖަމާނުންގެ ދަފްތަރެއް ގދ. ޖުޑީޝަލް ދާއިރާގައި ޤާއިމްކުރުމަށްބޭނުންވެއެވެ. އެހެންކަމުން ހިންދީ، ބަންގްލަދޭޝް ބަސް، އުރުދޫ، އިނގިރޭސި، މެޑިކަލް އިނގިރޭސި އަދި އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންނަށް ތަރުޖަމާ ކޮށްދޭނެ ތަރުޖަމާނުން މި ކޯޓަށް ބޭނުންވެއެވެ.

 

ޝަރުޠު: މި ބަސްބަހުން ދައްކާ ވާހަކަ ފަރިތަކަމާއެކު ދިވެހިބަހަށް ތަރުޖަމާ ކޮށްދިނުމާއި އަދި ދިވެހި ބަހުން ދައްކާ ވާހަކަ މި ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުމާއެކު ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން އެނގުން. އަޑު އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކާއި ފަރިތަކޮށް މުޢާމަލާތް ކުރަން އެގުން.

 

ހުށަހަޅަންޖެހޭ ތަކެތި:

- ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް

- އައިޑީ ކާޑު/ޕާސްޕޯޓުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓްތައް

- ތަޖުރިބާ އަންގައިދޭ ލިޔުން

- ވަނަވަރު

އުޖޫރަ: މައްސަލައަކާއި ގުޅިގެން ތަރުޖަމާ ކުރުމަށް ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ ( ހަތަރުސަތޭކަ ރުފިޔާ)

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ދާއިރާގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް 29 އޭޕްރީލް 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

24 އޭޕްރީލް 2025

25 ޝައުބާން 1445

 

                                                            ޙުސައިން ޝިޔާމް 

                                                 ޗީފް އެޑމިނިސްޓްރޭޓަރ

24 އެޕްރީލް 2025