މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް
|
ޖީ.އެސް 3
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖުޑީޝަލް ސަރވިސް ކޮމިޝަން
|
ޑިޕާޓްމަންޓް/ސެކްޝަން
|
ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް
|
އަސާސީ މުސާރަ
|
-/6,611 ރުފިޔާ
|
އެލަވަންސާއި އިތުރު ގަޑި
|
- ލިވިންގ އެލަވަންސް : -/3,000 ރުފިޔާ
- ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50): 3,305/50 ރުފިޔާ
- ހާޒިރީ އެލަވަންސް (ހާޒިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/100 ރުފިޔާ
- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އަސާސީ ޝަރުޠު
|
- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
- އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޖުޑިޝަލް ދާއިރާއާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާއި، ކޮމިޝަނުން ދަޢުވާކުރާ މައްސަލަތަކުގައި، ވަކާލާތު ކުރާ ޤާނޫނީ ވަކީލަކަށް އެހީތެރިވުން.
- ސެކްޝަނަށް ލިބޭ ލިޔެކިޔުންތަކުގެ ރެކޯޑްސް ބަލަހައްޓައި ސެކްޝަން އެންޓްރީ ޝީޓް އަޕްޑޭޓްކުރުން.
- ތަޙުޤީޤު ކޮމިޓީތަކުގެ ވަކީލުން އަންގާގޮތެއްގެ މަތިން ތަޙްޤީޤު ރިޕޯޓްތައް ފަނޑިޔާރުންނަށް ފޮނުވުމާއި މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
- ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާ މައްސަލަތަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ކޮމިޝަނުން ކަނޑައަޅާ ތަޙުޤީޤު ކޮމިޓީގެ މެންބަރުންގެ ފައިލް/ފޯލްޑަރ ތައްޔާރުކުރުން
- ފަނޑިޔާރުންގެ ސުލޫކީ ރެކޯޑްސް ބަލަހައްޓައި އެމަޢުލޫމާތު ބޭނުންވާ ސެކްޝަންތަކަށް މަޢުލޫމާތު ފޮނުވުން.
- މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ މަސައްކަތްތައް ކުރުމާއެކު، އެ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމުގައި އެހީތެރިވެދިނުން
- އިދާރީގޮތުން ޑިޕާޓްމަންޓަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ސިޓީތަކަށް، ވެރިންގެ ލަފާގެ މަތިން ޖަވާބުދިނުން.
- ތަޙްޤީޤު ކޮމިޓީތަކުގައި މަސައްކަތްކުރައްވާ، ކޮމިޝަނުން ބޭރުން ވަޑައިގަންނަވާ މެމްބަރުންގެ ހާޒިރީއާއި އެނޫން އިދާރީ އެންމެހައި ކަންކަން ބެހެއްޓުން.
- ތަޙްޤީޤު ކުރެވޭ މައްސަލަތަކުގައި، ޤާނޫނީ ވަކީލުންނަން އެހީތެރިވުން.
- ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި އަޅާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ރެކޯޑު ފައިލަށް ލުމަށް ފަނޑިޔާރުންނާބެހޭ ޑިޕާޓްމަންޓަށް ފޮނުވުން
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، ތަޙްޤީޤު ކުރެވޭ މައްސަލަތަކުގެ ތަފާސްހިސާބު ފަސޭހައިން ފެންނާނެ ގޮތަކަށް ބެލެހެއްޓުން.
- ޑިޕާޓްމަންޓްގެ ދުވަހު ޔައުމިއްޔާ ޤަވާއިދުން ލިޔުން.
- ޤަވާއިދު ކޮމިޓީގެ މައްސަލަތަކާ ގުޅިގެން ލީގަލް އޮފިސަރުންގެ ލަފާގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ބެލެހެއްޓުން.
- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓުގެ އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
- ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
5. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.
6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާރްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.
|
މަޤާމަށް އެދި ހުށަހެޅުން
|
މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.
https://apply.jsc.gov.mv
|
ސުންގަޑި
|
މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 މޭ 06 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށެވެ.
|
އިތުރު މަޢުލޫމާތު
|
- ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާއިރު، އިޢުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމަކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. އަދި ލިޔެކިޔުންތައް ހަމަތޯ ބެލުމަށްފަހު އެޕްލިކޭޝަން ހުށަހެޅުއްވުމަށް (ސަބްމިޓްކުރެއްވުމަށް) ސަމާލުކަން ދެއްވުން އެދެމެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުވާނަމަ، އެ އެޕްލިކޭޝަންއެއް ބާޠިލްވާނެއެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
- ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.
|