ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެ އަޟުޙާ ޢީދު ސައި ހެދުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
1446 ވަނަ އަހަރުގެ އަޟުޙާޢީދު ދުވަހުގެ ޢީދު ސައިހެދުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2025 އެޕްރީލް 29 ވާ އަންގާރަ ދުވަހުގެ 11:00 ގައި އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައި ނުގަންނަވާ ފަރާތްތަކަށް ކޯޓޭޝަން ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމެވެ.
މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި ، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާތިލު ވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 މޭ 5 ވާ ހޯމަ ދުވަހުގެ 10:00 އަށް އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަސައްކަތު އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.
26 ޝައްވާލު 1446ހ