ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2025/21
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 07 މޭ 2025 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމު:

އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-411849

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

4 - 6 މަސް.

(ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަޤާމުގެ ރޭންކް:

CSC4-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން، ކ. މާލެ

މުސާރަ:

މަހަކު -/8,740 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3,059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް:

ކޮމިޝަނަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އަދި ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން އެކްސްޓަރނަލް ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކުރުމާއި، ކޮމިޝަން މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުމާއި، ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮމިޝަނަރސް ބިއުރޯގެ އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ މަސައްކަތާގުޅޭ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެހެޓުން.
  2. ކޮމިޝަނުގެ މެންބަރުންނާ އަދި ކޮމިޝަނުގެ ބައްދަލުވުންތަކާ ގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތަކާއި ގައިޑްލައިންތައް އަދި ސަރވިސް ސްޓޭންޑަރޑްތައް އަމިއްލައަށް އިސްނަގައިގެން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކުލަވާލުމާއި، ގަވާއިދުން މި ތަކެތި ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދާހަމަކޮށް ބެހެޓުން.
  3. ކޮމިޝަނަރސް ބިއުރޯގެ އަހަރީ ބަޖެޓް  އަދި އަހަރީ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމަށް، ސެކްޝަނުގެ އިސް މުވައްޒަފަށް އެހީތެރިވެދިނުން.
  4. ކޮންމެ އަހަރަކު އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ އެނުއަލް ވަރކްޕްލޭން ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް، އެއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  5. ކޮމިޝަން މެންބަރުންނާއި، ކޮމިޝަނުގެ މުވައްޒަފުން ރަސްމީގޮތުން އަތޮޅުތަކަށާއި، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމާއި، ޕްރޮޓޮކޯލް ހަމަޖެއްސުން.
  6. ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބޭއްވުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ސްޕަވައިޒަރު އެސައިން ކުރާ ކޮމިޝަނުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މި ބައްދަލުވުންތަކުގެ އިދާރީކަންކަން ބަލަހައްޓައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. ކޮމިޝަނުން ނިންމާ ނިންމުންތައް ޑޮކިއުމެންޓްކޮށް އަމަލުކުރުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ ޑިވިޜަން، ސެކްޝަން، އަދި ޔުނިޓްތަކަށް ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ލަސްނުކޮށް ފޮނުވުމާއި، ނިންމުންތައް ފަސޭހައިން ފެންނާނެހެން ބެލެހެއްޓުން.
  9. ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކޮމިޝަން މެންބަރުންގެ އިދާރީ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި، އަމަލީގޮތުން ކުރުން.
  10. ސިވިލް ސަރވިސް އެޑްވައިޒަރީ ކޮމިޓީއާއި އެޑްވައިޒަރީ ކޮމިޓީގެ ސަބް ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތެރެއިން ސްޕަވައިޒަރު އެސައިން ކުރާ ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އިންތިޒާމުކޮށް، އެ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން އަމަލީގޮތުން ކުރުން.
  11. ސްޕަވައިޒަރު އެސައިން ކުރާ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލުތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމާއި، މި ބައްދަލުވުންތަކުގެ އެންމެހާ އިދާރީކަންކަން އަމަލީގޮތުން ކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.
  12. ސްޕަވައިޒަރު އެސައިން ކުރާ އެޕޮއިންޓްމަންޓް ބައްދަލުވުންތަކާއި، ކޮމިޝަން މެންބަރުންގެ އެދިވަޑައިގަތުމަށް ބާއްވާ ބައްދަލުވުންތަކާބެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުމާއި، މި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  13. މީގެ އިތުރުންވެސް ސްޕަވައިޒަރު އެސައިން ކުރާ ކޮމިޝަންގެ ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތަކުގެ ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި އިދާރީ މަސައްކަތްތައް ކުރުން.
  14. ކޮމިޝަން މެންބަރުން ބޭނުންވާ ސިޓީތައް ލިޔުމާއި ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން
  15. ކޮމިޝަނަށް އެކި ފަރާތްތަކުން ފޮނުވާ ލިޔެކިޔުންތަކާއި ދައުވަތުކާޑުތައް ބަލައިގަނެ، އެފަދަ ލިޔެކިޔުންތައް ކަމާގުޅޭ ކޮމިޝަން މެންބަރުންނަށް ފޮނުވުމާއި، ކޮމިޝަން މެންބަރުންގެ ލަފާފުޅު މަތިން އެފަދަ ލިޔެކިޔުންތައް ކޮމިޝަންގެ އިދާރާގެ ކަމާގުޅުންހުރި ވެރިންނަށް ފޮނުވުން.
  16. ކޮމިޝަންގެ ޖަލްސާކުރާ މާލަންތަކުގެ އިންތިޒާމްތައް ގަވައިދުން ހަމަޖެހިފައި ހުރޭތޯ ދުވަހުން ދުވަހަށް ޔަގީން ކުރުން
  17. ކޮމިޝަނަރސް ބިއުރޯއަށް ބޭނުންވާ ލިޔެކިޔުމާއި ގުޅޭ ސާމާނު ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމާއި، ކޮމިޝަނަރސް ބިއުރޯގެ ފްރަންޓް އޮފިސް ބެލެހެއްޓުމުގެ އިންތިޒާމްތައް ބެލެހެއްޓުން.
  18. އެސައިން ކުރެވިފައިވާ ކޭސްތައް އަދި ޓާސްކްތަކުގެ ޕްރޮގްރެސް ދުވަހުން ދުވަހަށް ވެޔޮ އަދި ސައްލާގައި ރެކޯޑް ކުރަމުންގެންދިޔުން.
  19. އިންޓަރނޭޝަނަލް ރިލޭޝަންސް އާގުޅޭ މަސައްކަތްތަކުގެ ތެރެއިން ސްޕަވައިޒަރު އެސައިން ކުރާ މަސައްކަތް ކުރުން.
  20. މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އާގުޅޭ މަސައްކަތްތަކުގެ ތެރެއިން ސްޕަވައިޒަރު އެސައިން ކުރާ މަސައްކަތް ކުރުން.
  21. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމާއި،  ކޮމިޝަނުން އަދި ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ބެޗެލަރސް ޑިގުރީ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ،

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ގެ ބެޗެލަރސް ޑިގުރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށް،  އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

މި މަގާމަށް (ސީ.އެސް.ސީ 4-1) ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ސީ.އެސް.ސީ 3-1  ގެ ރޭންކަށް ތިރީގައިވާ ޝަރުތު ހަމަވާ މީހަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

 

މަތީ ސާނަވީ އިމްތިހާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސާނަވީ އިމްތިހާނުގެ "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،

 

ނުވަތަ

 

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސާނަވީ އިމްތިހާނުގެ "ދިވެހި" މާއްދާއިން  ދަށްވެގެން "ސީ" ފާސް ލިބިފައިވުން،

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) ކޮމިޝަނުގެ ވަޒީފާތަކަށް އެދި ހުށަހަޅާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއްނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީހު ހިމަނާފައިވާނަމައެވެ..

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

  1. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެ ގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މޭ 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected]  މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 11 މޭ 2025 އާ 10 ޖޫން 2025 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އަދި އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ އެޗް.އާރު. ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

 

24 އެޕްރީލް 2025