ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2025/40
ޕަބްލިޝްކުރި ތާރީޚް: 24 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި:
24 ޖޫން 2025 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ ކެލާ ރަށުތެރޭގައި ހުރި ހުސްބިންތަކުގައި ބަހައްޓާފާއި ހުރި މުދަލާއި ރުއްގަސް ނަގައިގެން ގެންދިއުމާއި ގުޅޭ
ހއ ކެލާ ރަށުތެރޭގައި ހުރި ހުސްބިންތައް ކައުންސިލްގެ ނަމްބަރ ((PP)249-M/249/2025/3) "ހުސްބިން ކުއްޔަށް ދޫކުރުމާއި ގުޅޭ އުސޫލް" އާއި އެއްގޮތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީވެ، އެބިންތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ މުދަލާއި ރުއްގަސް މިއަދުން (24 އޭޕްރީލް 2025) އިން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނަގައިގެން ގެންދެވުމަށް ދަންނަވަމެވެ.
މި މުއްދަތުގެ ތެރޭގައި ނުނަންގަވާ ހުންނަ މުދަލާއި ރުއްގަހަކީ ކައުންސިލްގެ މުދަލާއި ރުއްގަސް ކަމުގައި ބަލައި އެތަކެތި ނީލަމުގެ އުޞޫލުން ވިއްކާލާ ނުވަތަ ނައްތާލެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ރުއްގަސްތައް ހުރި ހުސްބިންތައް ދައްކުވައިދޭ ޗާޓް އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.
24 އެޕްރީލް 2025