ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/055
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:13
ސުންގަޑި: 27 އެޕްރީލް 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/055

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

                         

މަޤާމް:

އޮފިސަރ، އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

-        މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        އޯގަނައިޒޭޝަނަލް ސްކިލްސް، އިތުބާރުކުރެވޭ އަދި ރިޕޯޓް ކުރުމުގެ ހުނަރު ހުރުން

މަސްޢޫލިއްޔަތު:

-        އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ ހުރިހާ ސެކްޝަނަކުން ހަފްތާއަކު އެއްފަހަރު ރިޕޯޓް ހޯދުމާއި، މަހުން މަހަށް ރިޕޯޓް ތައްޔާރުކުރުން

-        ޑިޕާޓްމަންޓުން ހިންގާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން

-        އިންޑެންޓް ފޯމް ތައްޔާރުކޮށް ކޮންމެ މުވައްޒަފަކަށް އަލަށް ވަޒީފާއަށް ނެގުމަށް އެދި ފޮނުވުން އަދި ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ބަދަލު ގެނައުމަށް އެދި ފޮނުވުން

-        ޑިޕާޓްމަންޓުގެ ހުރިހާ ސެކްޝަންތަކާ ކޯޑިނޭޓްކޮށްގެން އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ޓްރާންސްފާ ކުރަންޖެހޭ ކޮންމެ ވަގުތެއްގައި ބަޖެޓް ޓްރާންސްފާ ކުރުން

-        ސައިޓް އިންސްޕެކްޝަން ނުވަތަ އެހެން ރަސްމީ ބޭނުމަކަށް ދަތުރުކުރާ މުވައްޒަފުންނަށް ދަތުރު ފޯމު ތައްޔާރުކުރުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

މަޤާމް:

ބާރޖް ކެޕްޓަން

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ ޢަދަދު:

02

ޝަރުތުތައް:

-        200GT އަށް ވުރެދަށްނޫން އެންޑޯސް ކުރެވިފައިވާ ސްކިޕަރ ކްލާސް 5 ގެ ސެޓްފިކެޓް އޮތުން

-        ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގ ތައް ފުރިހަމަކޮށްފައިވުން

  • ޕާރސަނަލް ސަވައިވަލް ޓެކްނިކްސް (A-V1/1-1)
  • ފަޔަރ ފައިޓިންގ އެންޑް ފަޔރ ޕްރިވެންޝަން (A-V1/1-2)
  • އެލިމަންޓްރީ ފަސްޓް އެއިޑް(A-V1/1-3)
  • ޕާރސަނަލް ސޭފްޓީ އެންޑް ސޯސަލް ރެސްޕޮންސިޕިލިޓީ (A-V1/1-4)
  • ޕްރޮފިސެންސީ އިން ސެކިއުރިޓީ އެވައަރނެސް (A-V1/6-1)

-        02 އަހަރުގެ ތަޖުރިބާ ލިބިފައިވުން

-        ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހެއް ކަމުގައިވުން.

މަސްޢޫލިއްޔަތު:

-        ބާޖު ކެޕްޓަނެއްގެ ދުވަހުން ދުވަހަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމަކުރުން

-        ކާގޯ ޑެލިވަރީތައް ބެލެހެއްޓުން

-        ބާރޖް ކްރޫ ސުޕަވައިޒްކޮށް ބެލެހެއްޓުން

-        ކާގޯ ޑެލިވަރީ ކުރުމުގައި ދިމާވާ މައްސަލަތައް ލޮޖިސްޓިކްސް އޮފީހާ ގުޅިގެން  ހައްލުކުރުމަށް މަސައްކަތްކުރުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކް ޑިޕާޓްމަންޓް /  ބާރޖް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 27 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

24 އޭޕްރިލް 2025

 

              

23 އެޕްރީލް 2025