ދިވެހިރާއްޖެ
އިޢުލާން
ހޭންޑްބޯޅަ ދަސްކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލްގެ ދަރިވަރުންނަށް ހޭންޑްބޯޅަ ކުޅެން ދަސްކޮށްދީ މުބާރާތްތަކަށް ތައްޔާރުކޮށްދޭނެ ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު : (4)DS/2024/09 ގެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ ބީލަން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 އޭޕްރީލް 2025 އިން 28 އޭޕްރީލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2025 މެއި 04 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031060 އަށެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.