މަސައްކަތް
ނަންބަރު: (IUL)307/INDIV/202
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
29 އެޕްރީލް 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭ.ޓީ.އެމް ގެ ސިވިލް މަސައްކަތްތައް ކުރުމާއިގުޅޭ
އިޢުލާން
އޭ.ޓީ.އެމް ގެ ސިވިލް މަސައްކަތްތައް ކުރުމާއިގުޅޭ:
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މިރަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ "އޭ.ޓީ.އެމް" ގެ ސިވިލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވާތީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްފާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ "މަސައްކަތުގެ އަގު ހުށައަޅަން ބޭނުންވާ މައުލޫމާތު"ފޯމް. އަދި ކޮޓޭޝަން ހުށައެޅުއްވުން އެދެމެވެ.
- ހުށައަޅާ ކޮޓޭޝަނުގައި މަސައްކަތުގެ ޖުމްލަ އަދަދު އަދި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު ސާފުކޮށް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އަދި ހުށައަޅާ ކޮޓޭޝަންތަކަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ވެލިޑިޓީއެއް އޮންނަންވާނެއެވެ.
- ހުށައަޅާ ކޮޓޭޝަންތައް އެޑްރެސް ކުރަންވާނީ "ބޭންކް އޮފް މޯލްޑިވްސް" އަށެވެ.
- މި މަސައްކަތަށް ކޮޓޭޝަން ހުށައެޅޭނެ ފަރާތްތަކަކީ:
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް.
- ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް.
5. ކޮޓޭޝަންތައް ބަލައިގަތުން އޮންނާނީ 2025 އޭޕްރިލް 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި މިކައުންސިލް އިދާރާގައެވެ.
6. ހުށަހަޅަންޖެހޭ ލިޔުންތައް:
- މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ "މަސައްކަތުގެ އަގު ހުށައަޅަން ބޭނުންވާ މައުލޫމާތު" ފޯމް.
- ހުށައަޅާ ފަރާތުގެ ކޮޓޭޝަން.
- ވިޔަފާރި ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ އަދި ހުށާއަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ.
7. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580052 ނުވަތަ 9122102 (ކައުންސިލް އެގްޒެކެޓިވް، އިމްރާން ޝަރީފް) އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 އެޕްރީލް 2025