ދިވެހިރާއްޖެ
މި އޮފީހަށް ސަރވަރ އެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 19 މާރިޗް 2025 ގައި ކުރި މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2025/35 އިޢުލާނުގެ މައުލޫމާތު ކަރުދާހުގެ ސްޕެސިފިކޭޝަން އަށް ބަދަލު އައުމާ ގުޅިގެން އެއިއުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓެއްކަން މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.
މި ސަރވަރ ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2025 މޭ 4 ވާ އާދީއްތަ ދުވަހުގެ 16:00 ކުރިން [email protected] އީމެއިލްއަށް ބިޑާ ބެހޭ ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 2025 މޭ 7 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.