ކުއްޔަށް ދިނުން
ނަންބަރު: (IUL)300-EC/300/2025/22
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 20 މޭ 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށްދިނުން

ބިން ކުއްޔަށްދިނުން

-----------------------------------------------------------------------------------------------

އިޢުލާން

 

              ރަށުގެ ބިނާވެށި ޕުލޭނުގައިވާގޮތަށް 18 ކުލީ ބިން ދޫކުރުމަށް ކުރެވުނު ނަންބަރު: 16/2025/300/(IUL)300-EC(21 އޭޕްރީލް 2025) ޢިއުލާން ބާތިލުކޮށް އަލުން ޢިއުލާންކުރަމެވެ. އެހެންނަމަވެސް ކުރިން ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވާން ނުޖެހޭނެކަމުގައި ދަންނަވަމެވެ. އެގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމަށް 5000 އަކަފޫޓްގެ 4 ބިން،ގުދަންކުރުމާއި ވާރކްސޮޕް ހެދުމަށް 5 ބިން 2000 ފޫޓްގެ،ކެފޭއަށް 3000 އަކަފުޓްގެ 1 ބިން،ކާބޯ ތަކެތި ވިއްކުމަށް 3000 އަކަފޫޓްގެ 1 ބިން، ތެޔޮ ވިއްކުމަށް 800 އަކަފޫޓްގެ 1 ބިން، ޤުރްއާން ކުލާސް އެޅުމަށް 1470 އަކަފޫޓް 1 ބިން، ޓިޔުޝަންކުލާސް ހިންގުމަށް 1470 އަކަފޫޓްގެ 1 ބިން ، ފިހާރަ ހެދުމަށް 1148 އަކަފޫޓްގެ 3 ބިން ، ފައިބަރު މަސައްކަތްކުރުމަށް 11120 އަކަފޫޓްގެ 4 ބިން އަދި އެކިއެކި ބޭނުމަށް 990 އަކަފޫޓްގެ 5 ބިމެވެ.

           ބީލަމުގައި ބައިވެރިވުމަށް 150.00ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ދެއްކެވުމާއި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުން އޮންނާނީ 30 އޭޕްރީލް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ.  

           މި ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 13:00 ށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 20 މެއި 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

           ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected]  ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.  މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

           ބިމަށްއެދި ހުށަހަޅާ ލިޔުންތަށް ހުންނަންވާނީ ދިވެހިބަހުން އަދި ހުށަހަޅާ ޕުރަޕޯސަލްތަށް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށަހަޅަނީ ކޮންބާވަތެއްގެ ބިމެއްކަން ލިޔެފަ އޮންނަންވާނެއެވެ.

          ޓޫރިޒަމް ބިމަށް މާކުސްދިނުމުގައި އަގު ، އިޖުތިމާޢީ ހަރަކާތްތަށް އަދި ކައުންސިލްގެ އާންމުދަނީއަށް ވެދޭނެ އެހީތެރިކަމަށްބަލާއި ހުށަހަޅާ އެންމެ ރަނގަޅު ހުށަހެޅުމަށް ބަލާ މާކުސްދެވޭނެވެ. އިތުރު ބިންތަކަށް މާކުސްދިނުމުގައި ބަލާނީ މަސައްކަތުގެ މުއްދަތާއި ހިދުމަތްދޭން ފަށާނެ މުއްދަތާއި އަގަށެވެ. ބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރު ދުވަހަށެވެ. އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ 7946811 މި ނަންބަރަށެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އެޕްރީލް 2025