ބީލަން
ނަންބަރު: (IUL)271-ESMS/271/2025/9
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 28 އެޕްރީލް 2025 11:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކުޅިވަރު ފެސްޓިވަލް ފުޓްސަލް/ ހޭންޑްބޯލް މުބާރާތް ލައިވް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކައުންސިލް ކުޅިވަރު ފެސްޓިވަލް ފުޓްސަލް/ ހޭންޑްބޯލް މުބާރާތް ލައިވް ކޮށްދޭނެ ފަރާތެއް ހޯދުން

 

 

 

މިކައުންސިލުންދޭ މަޢުލޫމާތާއި  އެއްގޮތަށް ކަނޑިތީމު ކުޅިވަރު ފެސްޓިވަލް 2025 ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތުގެ މެޗްތަށް އަމިއްލަ ތަކެތީގައި ލައިވް ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 22 އޭޕްރިލް 2025 (އަންގާރަ) ދުވަހުގެ 11:00ން ފެށިގެން 27 އޭޕްރިލް 2025 (އާދިއްތަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/G3X8kiwgpXwAodSX7

 

މަޢުލޫމާތު ދިނުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 28 އޭޕްރިލް 2025 (ހޯމަ) ދުވަހުގެ މެންދުރު 11:00ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް،އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

 

 

 

 

                        21 ޝައްވާލް 1446

22 އެޕްރީލް 2025