ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2025/43
ޕަބްލިޝްކުރި ތާރީޚް: 23 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 25 އެޕްރީލް 2025 20:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިޔުންނާއި ބައްދަލުވުން

ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިޔުންނާއި ބައްދަލު ކުރުމާއި ގުޅޭ:

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  (ނަންބަރު2010/7)ގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށާއި އަދި މުހިންމު މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ހަތަރު މަހުން އެއް މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2025 އެޕްރީލް 25 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.           

ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

      ބައްދަލުވުން އޮންނަ ތާރީޚް:      25 އެޕްރީލް 2025 (ހުކުރު)

      ތަން:                    ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް)

      ފަށާ ގަޑި:                 20:30 (ރޭގަނޑު)

      ނިންމާ ގަޑި:               22:00

                މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                25 ޝައްވާލު 1446

23 އެޕްރީލް 2025