| 
 މަޤާމް 
 | 
 ކައުންސިލް އެސިސްޓެންޓް – ސްޕޯޓްސް އެކަޑަމީ 
 | 
| 
 މަޤާމުގެ ގިންތި 
 | 
 ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް) 
 | 
| 
 މަޤާމުގެ މުއްދަތު 
 | 
 1 އަހަރު 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން 
 | 
 ސަޕޯޓް ސްޓާފް ގްރޭޑު 1 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ 
 | 
| 
 އުޖޫރަ 
 | 
 މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 53 ރުފިޔާ 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
  
  
  
  
  
  
  
  
  
  
  
  
  
  
 | 
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
 
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
 
- ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
 
- ސަރުކާރުގެ ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތު ތަންފީޒުކުރުމުގެ ޕްރޮގްރާމްތައް ރާވާހިންގާ ބެލެހެއްޓުން
 
- ކައުންސިލްގެ ކުޅިވަރު ބިންތައް ބެލެހެއްޓުން އަދި ކޮމިއުނިޓީ ބީޗް ސަރަހައްދުގެ މަސައްކަތްތައް ރާވާ ހިންގުން
 
- ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައް ކައުންސިލުން ރާވާގޮތެއްގެމަތިން ކުރިއަށް ގެންދިއުން
 
- ޒުވާނުންގެ ކުޅިވަރު ސާމާނުގެ ސްޓޮކް ބެލެހެއްޓުމަށް ސުޕަވައިޒަރަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުން
 
- ސަރުކާރުން ކަނޑައަޅާ ރަސްމީ ދުވަސްތައް ފާހަގަކުރުމުގެ އިންތިޒާމުތައް ހިންގާ ސުޕަވައިޒަރުގެ ލަފާގެ މަތިން ހިންގުން
 
- ކައުންސިލާއި ރަށުގެ ޖަމިއްޔާތަކުން ރަށް ތަމްސީލު ކުރުމަށްޓަކައި ބައިވެރިވާ މުބާރާތްތަކުގައި ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުން
 
- ކުޅިވަރު އެކަޑަމީގެ އިދާރީ އަދި އެހެނިހެން އިންތިޒާމުތައް ބަލެހެއްޓުން ސުޕަވައިޒަރުގެ ލަފާގެ މަތިން ހިންގުން
 
- ކޮންމެ އަހަރެއްގެވެސް ކުޅިވަރު ކަލަންޑަރެއް އެކުލަވާލުމަށް ބޭނުންވާ އެންމެހައި މައުލޫމާތު ހޯދުމަށް އެހީތެރިކަން
 
- ރަށުގެ އެކި ފަރާތްތައް ބާރުވެރިކުރުމަށްޓަކައި ހިންގާ އެންމެހައި ހަރަކާތްތަކުގައި ޝާމިލުވެ، ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން
 
- ކޮންމެ ދުވަހެއްގައިވެސް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން އެކަޑެމީ ޝެޝަންތައް ކުރިއަށް ގެންދިއުން
 
- ކޮންމެ އަހަރެއްގައިވެސް އެކަޑެމީގެ ޝެޝަންތައް ރާވާ ހިންގުމަށް ކުރިއަށް ގެންދާ އެކި ދަތުރުތައް ރާވާ ހިންގުމާއި އެންމެހައި އިންތިޒާމުތައް ރާވާ ހިންގުން
 
 
ކައުންސިލްގެ އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ގާތުން ބަލައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސުން. 
 | 
| 
 މަގާމުގެ ޝަރުތުތައް: 
 | 
- ލިޔަން ކިޔަން އެނގުން
 
  | 
| 
 ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނު 
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ކައުންސިލް އެސިސްޓެންޓް – ސްޕޯޓްސް އެކަޑަމީ ޕޫލު ގައި ބައިވެރިވާން އެދޭ ފޯމް
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
 
  | 
| 
 މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޭޕްރިލް 30 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560015 ނަންބަރަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ. 
 |