ދިވެހިރާއްޖެ
2025 މާރިޗު 5 ވަނަ ދުވަހު މި ޔުނިވަރސިޓީއިން ކުރި ނަންބަރު (IUL)170-HR/170/2025/43 އިޢުލާނު ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
މަޤާމު / ރޭންކް: |
ޑީން (ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ) |
ބޭނުންވާ އަދަދު: 1 |
މުއްދަތު: އައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަހަށް |
|
ރޭންކް/ސްޕައިން: |
ޕަބްލިކް ސަރވިސް ރޭންކް 10 |
|||
އޮފީސް: |
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ |
|||
މަސައްކަތްކުރަން ޖެހޭ ތަން: |
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް، މާލެ) |
|||
މުސާރަ: |
އަސާސީ މުސާރަ: 21,123 ރުފިޔާ |
ޖޮބް އެލަވަންސް: 12,097 ރުފިޔާ |
ހާޟިރީ އެލަވަންސް: 327 ރުފިޔާ (ހާޟިރުވާ ކޮންމެ ދުވަހަކަށް) |
|
ޔުނިވަރސިޓީ އެންރޯލްމަންޓް އެލަވަންސް |
ދަރިވަރަކު ނެތްކަމުގައިވާނަމަ މި އެލަވަންސް ނުދެވޭނެއެވެ. |
|||
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ،
|
|||
މަޤާމުގެ މަސައްކަތްތަކާ ގުޅޭ ތަޢުލީމީ ދާއިރާތައް: |
ޝަރީޢަ އެންޑް ލޯ، އެލް.އެލް.ބީ، ލޯ، ޝަރީޢާ، ޝަރީޢާ އިސްލާމިއްޔާ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ލީޑަރޝިޕް، ޓީޗިންގ، އެޑިއުކޭޝަން |
|||
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް: |
މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާ ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމު ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ އިދާރާއެއްގެ މަތީ ފަންތީގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް |
|||
މަޤާމުގެ މަސްއޫލިއްޔަތު: |
މި މަޤާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ "ޑީނުން ޢައްޔަނުކުރުމާގުޅޭ އުޞޫލު" ހިމެނޭ ކަރުދާހުގައި ބަޔާން ކުރެވިފައިވާނެއެވެ. ނޯޓު: މި މަޤާމުގައި ހުންނަ މީހަކު، ވަޒީފާގެ ބޭރުން އިތުރު މަސައްކަތެއް ކުރެވޭނީ ޔުނިވަރސިޓީގެ ޑީނުން އައްޔަންކުރުމާގުޅޭ އުސޫލު އަދި ޔުނިވަރސިޓީގައި އަމަލުކުރަމުންދާ ގަވާއިދުތަކާ މިންގަނޑުތަކުގައިވާ ގޮތުގެ މަތިންނެވެ. |
|||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ފަރިތަކަމާއެކު އަރަބި އަދި އިނގިރޭސި ބަހުން މުޚާތަބުކުރެވޭ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ. |
|||
ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
|
|||
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް: |
ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ. https://forms.gle/EU5QQ1ZtsqPPmQyv7 އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ. އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. |
|||
އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް |
28 އެޕްރީލް 2025 ދުވަހުގެ 23:59 އަށް |
|||
ނޯޓު |
ބިދޭސީ މުވައްޒަފެއް މި މަގާމަށް ހަމަޖެއްސޭނީ ކޮންޓްރެކްޓް އުސޫލުން، ނޭޝަނަލް ޕޭ ފްރޭމްވަރކްގެ ޔުނިވަރސިޓީ އެކެޑަމިކް ޕްރޮފެޝަނަލުންގެ އޮނިގަނޑަށް އަމަލުކުރުމުގެ ކުރިން ބޭނުންކުރަމުން އައި ޔުނިވަރސިޓީގެ އޮނިގަނޑުގެ ސްޕައިންއަކަށެވެ. އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މި މަޤާމަށް ހޮވޭ މުވައްޒަފަކު އާއްމުގޮތެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. އެހެން ނަމަވެސް، ޔުނިވަރސިޓީއިން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތު ގަޑިއަށް ބަދަލުގެނެވިދާނެއެވެ. |
|||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ. އީމެއިލް އަކީ [email protected] އެވެ. މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. |
|||
22 އެޕްރީލް 2025