ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން
އެސްޓީއޯ ސ. މަރަދޫފޭދޫ ފިހާރައިގައި ހުރި ބައު އެއްގަމު އުޅަނދެއް ނީލަމުގައި ވިއްކާލަން ކޮށްފައިވާ އިއުލާން ނަންބަރ ADM/CP/2025/134 އަށް އެކަށީގެވާ ތަރުހީބެއް ލިބިފައި ނުވާތީވެ އަލުން، ނީލަމުގައި މިއުޅަނދު ވިއްކާލުމަށް އިއުލާން ކުރަމެވެ.
ވީމާ މިއުޅަނދު ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އެސްޓީއޯ ސ. ގަން ވޭރަގަން  | 
 28 އޭޕްރިލް 2025/ގަޑި،10:00  | 
| 
 އަގުހުށަހެޅުން  | 
 އެސްޓީއޯ ސ. މަރަދޫފޭދޫ ފިހާރަ  | 
 29 އޭޕްރިލް 2025/ގަޑި،10:00  | 
| 
 ނީލަން ފެށޭ އަގު  | 
 25000.00ރ (ފަންސަވިސްހާސް ރުފިޔާ)  | 
|
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9993005