ތަމްރީނު
ނަންބަރު: MNU-CA-RG/2025/6
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 03 މޭ 2025 23:59
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޗައިނީޒް ލޭންގުއޭޖް ބޭސިކް

އިޢުލާން

  

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި 23 އެޕްރީލް 2025 ވާ ބުދަ ދުވަހުން 3 މެއި 2025 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ނިޔަލަށެވެ.

މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

 

ފެކަލްޓީ އޮފް އާޓްސް

 

:ކޯސް ފެށޭ ތާރީޚު 

 2025 މޭ

:ކޯސް ހިންގޭނެ ގޮތް 

 ކުލާސްތަކަށް ހާޒިރުވެގެން

:ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް 

 އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 19.00އިން 21.00އަށް

:ޖާގައިގެ ޢަދަދު 

 30

:މުއްދަތު 

 10 ހަފުތާ

:އުމުރުފުރާ 

 15 އަހަރުން މަތި

:ކޯސް ފީ 

 -/2500

 

ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:

Application Form - Chinese Language Basic

 

24 ޝައްވާލް 1446

 

22 އެޕްރީލް 2025