ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2025/24
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 18 ޖޫން 2025 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫގައި ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ ކަނެކްޝަނަށް އެދި ފޯމު ހުށަހެޅުން

އިޢުލާން

ފ. ނިލަންދޫގައި ޤާއިމްކުރާ ނަރުދަމާ ނިޒާމުގެ ކަނެކްޝަނަށް އެދި ފޯމު ހުށަހެޅުން

މިރަށުގައި ސަރުކާރުގެ ފަރާތުން ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2025 އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 18 ވަނަ ދުވަހުގެ 14:00 އެވެ. ޚިދުމަތަށް އެދޭ ފޯމުގެ ނަމޫނާ މިއިޢުލާނާއި އެކުގައިވާނެއެވެ. ޚިދުމަތަށް އެދޭ ފޯމު ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، މިއިދާރާގެ ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ވީމާ، މިމުއްދަތުގެ ތެރޭގައި ގޭބިސީތަކުން ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމާއެކު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުވަތަ ބިމުގެ ރަޖިސްޓްރީގެ އަސްލާ އެއްގޮތް ކޮޕީއާއި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

22 އެޕްރީލް 2025