ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2025/37
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއްމުތަންތާންގައިހުރި ރުއްގަހާއި ތަކެތި ނެގުމަށް

                           އިޢުލާން

 

           މިހާރަކަށް އައިސް ރަށުގެ އެކިމަގުތަކުގައާއި ހުސްބިންތަކުގައި މިއިދާރާގެ ހުއްދަނެތި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ގުދަންފަދަ ތަންތަން ހަދައިގެން ބޭނުން ކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ މަނާކުރެވިފައިވާ ކަމަކަށްވާތީ، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި، ޤަވާޢިދުގެ ދަށުން މަގުމަތީގައި ބެހެއްޓުމަށް ހުއްދަލިބިފައިވާ ތަކެތި ފިޔަވާ، ކައުންސިލްގެ ހުއްދަނެތި މަގުތަކާއި ހުސްބިންތަކުގައި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އަމިއްލަފަރާތް ތަކުގެ ތަކެތި 29 އެޕްރީލް 2025 ގެ ކުރިން އެތަކެތީގެ ވެރިފަރާތުން ނަގައި ނިންމުމަށް ދަންނަވަމެވެ.  

           މިމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ހަމަޖެހިފައިވާ އުސޫލުން އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.

                   23  ސައްވާލު    1446

                              

22 އެޕްރީލް 2025