ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2025/30
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި:
29 އެޕްރީލް 2025 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރުގައި ޤަވާއިދާ ޚިލާފަށް އަޅާފައިވާ ދެކަނދުލީ އުޅަނދުގެ ވެރިޔަކު ހޯދުން.
ރަށުގެ ބަނދަރުގެ ހުޅަނގުދެކުނު ބޭރުތޮއްޓާއި ވީ ސަރަހައްދުގައި ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދާއި ޚިލާފަށް އަޅާފައިވާ ދެކަނދުލީ އުޅަނދުގެ ވެރިޔަކު ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއުޅަނދުގެ ވެރފަރާތެއް ވާނަމަ މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެކަން، މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިޔަކު ނުވެއްޖެނަމަ، މި ކައުންސިލަށް ފެންނަ ގޮތެއްގެ މަތިން އުޅަނދާއި މެދު ޢަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ. މިއިޢުލާނާއި އެކު ދެކަނދުލީ އުޅަނދުގެ ފޮޓޯ އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ޝައްވާލް 1446
22 އެޕްރީލް 2025