ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2025/18
މި ކުންފުނީގެ ބައެއް ތަންތަން ސައުންޑްޕްރޫފްކޮށްދޭނެ ފަރާތެއް ހޯދުމަށް 06 މާރޗް 2025 ގައި ކުރެވުނު އިޢުލާން ނަމްބަރު ASND/GA/IUL/2025/14 ގެ މައުލޫމާތަށް ބަދަލު އައިސްފައި ވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 29 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ( ގައި އޮންނާނެއެވެ.
މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 މެއި 2025 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483