ދިވެހިރާއްޖެ
މަސްޖިދުލް އިބާދާތުގައި އަލައް އިމާރާތްކޮށް ނިންމާފައިވާ ވުޟޫކުރާބައި މަސައްކަތް ފުރިހަމަކޮށް ތަނުގެ ބޭނުން ކުރަންފަށާފައިވާތީ ކުރިން ހުރި ބައު ވުޟޫކުރާބައި ތަޅާލައި ތަން ސާފުކޮށް ކައުންސިލާއި ހަވާލުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދާން ބޭނުންވެއެވެ.
މަސައްކަތުގެ ތަފްޞީލް:
- މަސްޖިދުލް އިބާދާތުގެ ގެ ބައު ވުޟޫކުރާބައި ތަޅާލުން
 - ތަން ތަޅާލުމުގެ މަސައްކަތްކުރުމުގައި ޖަހާފައިވާ ޓިނާއި ލަކުޑި އަށް ގެއްލުން ކުޑަވާނެހެން މަސައްކަތް ތަރުތީބު ކުރުމާއި ތަނުގައި ވާ ލަކުޑި އަދި ޓިނު ކައުންސިލާއި ހަވާލުކުރުން
 - ތަން ތަޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ސައިޓު ސާފުކުރުމުގައްޔާއި، އިމާރާތްކޮށް ނިމުނީމައި އެ ސަރަޙައްދު ސާފުކުރުމުގައި، އުކައިލާން ޖެހޭ އެކިއެކި ބާވަތުގެ ކުނި ވަކިކޮށް، ކުނި އުކައިލުމާ ގުޅޭ ގޮތުން، ނ. ކުޑަފަރީ ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދާއި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަންކުރުން.
 - ތަން ތަޅާލުމަށްފަހު ހުންނަ ގާކުނޑި ސާފުކޮށް، ގާކުނޑިތައް އިންޑަސްޓްރިއަލް ޒޯން އަށް ގެންދިއުން
 - މޯޓަރު ބަދަލުކުރުން
 
މަސައްކަތް ކުރުމަށް ހުށަހަޅާ ކޯޓޭޝަން ހުށަހަޅާނީ 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]އަށެވެ.
މި މަސައްކަތް ކުރުމަށް އެދި ކޯޓޭޝަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ފޯމުންނެވެ.
4.1 ކޯޓޭޝަނަށް ޕޮއިންޓު ދޭން ކަނޑައަޅައިފައިވާ އުސޫލު:
| 
 
  | 
 ތަފުސީލު  | 
 ޕޮއިންޓު  | 
| 
 އަގު  | 
 މަސައްކަތުގެ ޖުމުލަ އަގު  | 
 85  | 
| 
 މުއްދަތު  | 
 މަސައްކަތް ނިންމާން ހޭދަވާނޭ މުއްދަތު  | 
 15  | 
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
| 
 ކައުންސިލް އިދާރާގެ ފޯނު ނަންބަރު:  | 
 6560015  | 
| 
 ކައުންސިލް މޯބައިލް ފޯނު ނަންބަރު:  | 
 7763264  | 
| 
 ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:  | 
|
| 
 ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް  | 
 9762223  |