| 
 މަޤާމު: މަސައްކަތު 
މަސައްކަތް ހަމަޖެހިފައިވާ ތަން: އދ. މަންދޫ ސްކޫލް 
ބޭނުންވާ އަދަދު: 1 (އެކެއް)                       
ރަށް: އދ. މަންދޫ 
މަޤާމުގެ ގިންތި: ދާއިމީ 
| 
 ރޭންކު 
 | 
 ކުލެސިފިކޭޝަން 
 | 
 ޝަރުތު 
 | 
 މުސާރަ 
 | 
 ސަރވިސް އެލެވެންސް 
 | 
 
| 
 SS.1 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
 ލިޔަންކިޔަން ދަތުމާއެކު، މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. 
 | 
 -/3،100 ރުފިޔާ 
 | 
 -/1،000 ރުފިޔާ 
 | 
 
 
 
  
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: 
- ސުކޫލުގެ ހޯލާއި އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ދަރިވަރުންގެ ފާޚާނާއާއި، މުވައްޒަފުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
 
- ބޯފެން ތާނގީއާއި، ސުކޫލުގެ ފުރާޅާއި، ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން.  
 
- މުހިންމު ބައްދަލުވުންތަކާއި، ޖަލްސާތަކަށް ތަން ތައްޔާރުކުރުމައި، އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
 
- ސްކޫލުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުން.
 
 
އިތުރުގަޑީގެ ފައިސާ:    
އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
އިންޓަވިއު ކުރުން: 
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، އދ. މަންދޫ ސްކޫލުގައެވެ.
 
- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހުގެ 13:00 ގައި އދ. މަންދޫ ސްކޫލުގައެވެ.
 
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
 
 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 
- ތަޢުލީމީ ފެންވަރަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 
 
ސުންގަޑި: 
ޝަރުޠު ހަމަވާ މީހުން 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު،  އދ. މަންދޫ ސްކޫލަށް ހުށަހެޅުން އެދެމެވެ. 
ހުށަހަޅަންޖެހޭ ތަކެތި: 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
 
- ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި އެހެނިހެން ލިޔެކިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ/އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން/ކުރިކަން އަންގައިދޭ ލިޔުމުގެ ކޮޕީ.
 
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
 
 
ނޯޓް: 
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 
އިތުރު މަޢުލޫމާތު: 
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7949320 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 
މެއިލް އެޑްރެސް: [email protected] / [email protected] 
 2 ޛުލްޤަޢިދާ 1436 
 |