ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-MO/10/2025/51
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:13
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ހއ.ހޯރަފުށީގައި ޤާއިމްކުރުމާއިގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ 2025 އެޕްރީލް 17 ވަނަ ދުވަހު ހއ.ހޯރަފުށީގައި ވަނީ ޤާއިމްކުރެވިފައެވެ. މި ސެންޓަރު ހިނގަމުންދާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ.

ވީމާ، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިކަން ޢާންމުކޮށް އަންގައި، އިޢުލާންކުރީމެވެ.

22 އެޕްރީލް 2025