ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/28
ޕަބްލިޝްކުރި ތާރީޚް: 22 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 29 އެޕްރީލް 2025 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުގެ ގޮތުގައި ކުނިކަހާ ސާފުކޮށް ބަލަހައްޓާ ބޮޑެތި މަގުތަކު ހުންނަ ފަތްކެޔޮ އަދި ރުއްގަހާ ގުޅޭ:

އިޖްތިމާއީ ސަރަހައްދުގެ ގޮތުގައި ކުނިކަހާ ސާފުކޮށް ބަލަހައްޓާ ބޮޑެތި މަގުތަކުގެ ބޭރަށް ނުކުމެފައި ހުންނަ ފަތްކޭލާއި ރުއްގަހުގެ ގޮފިތަކާއި ފަންތައް މިއަދުން ފެށިގެން 29 އޭޕްރީލް 2025 ގެ ކުރިން މަގަށް ނުނިކުންނާނެގޮތަށް ކޮށައި ސާފުކުރުމަށް އެތަކެތީގެ ވެރިންނަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުކޮށައި ހުންނަ ތަކެތި އެމަސައްކަތުގެ ތެރެއިން   ނައްތާލެވޭނެކަމުގައި ދަންނަވަމެވެ. އަދި  ލިބޭ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކަން އަންގާ އިއުލާން ކުރަމެވެ.  

22 އެޕްރީލް 2025