ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2025/19
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 28 އެޕްރީލް 2025 22:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދު ސޯލާޕެނަލްގެ ދަށުގައި ބަހައްޓާފައިވާ މުދަލާއި އަމިއްލަ ތަކެތި ނެގުމަށް އެދި

           މިރަށު ބަނދަރު ސަރަހައްދުގައި ހަރުކޮށްފައިވާ ސޯލާޕެނަލްގެ ދަށުގައި ބައެއް ފަރާތްތަކުން މުދަލާއި އަމިއްލަ ތަކެތި ބަހައްޓަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިތަކެތީގެ ސަބަބުން ރަށަށް އަރައިފައިބާ މީހުންނާއި، ހިނގާބިނގާ މީހުންނާއި، ދުއްވާ ތަކެއްޗަށް އުނދަގޫ ވާކަމުގެ ޝަކުވާ މިއިދާރާއަށް ތަކުރާރުކޮށް ދަނީ ލިބެމުންނެވެ.

          ވީމާ ސޯލާ ޕެނަލް ދަށުގައި އެއްވެސް މީހެއްގެ މުދަލެއް ނުވަތަ ތަކެއްޗެއް ވާނަމަ މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި، އެތަކެތި ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ، އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެ ތަކެތި ނެގުމުގެ މަސައްކަތް މިއިދާރާއިން ކުރިއަށް ގެންދާނެ ވާހަކަ އާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.        

21 އެޕްރީލް 2025