ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީސް ހިންގުމަށް، އިމާރާތެއް ނުވަތަ ފަންގިފިލާއެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް 16 މާރިޗު 2025 ގައި ކުރި މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2025/31 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަމަށް ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ ބޮޑުކަމުގައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. މި ދެންނެވުނު ހިދުމަތް ފޯރުކޮށްދެނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 4 މޭ 2025 ވާ އާދީއްތަ ދުވަހުގެ 16:00 ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 6 މޭ 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީގައި ހުންނަ އެން.އޯ.ސީ އޮފީސް އެކުވެނި އިމާރާތުގެ ތިންވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.