މަސައްކަތް
ނަންބަރު: (IUL)262/262/2025/34
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 28 އެޕްރީލް 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 ހދ. ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކުރާ "2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ" ރާވައި ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28‏ އޭޕްރިލް‏ 2025‏ (ހޯމަ‏) 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ މިއިދާރާގެ ތިރީގައިވާ އީމެއިލްއަށެވެ.

މި އިޢުލާނާއެކު، ޖަލްސާ އައުޓްސޯސްކުރުމާ ގުޅޭ މަޢުލޫމާތު ޝީޓް އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.   

އީމެއިލް އެޑްރެސް: [email protected]

21 އެޕްރީލް 2025