ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރު (IUL)239-ADS/239/2025/19 އިއުލާން ބާތިލްކޮށް ފަޅުރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ. ވީމާ، މި އިދާރާގެ ބެލުމުގެ ދަށުގައިވާ، ތިރީގައިވާ 3 ފަޅުރަށް ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް/ އެކަމަށް ޚާއްޞަ ފޯމުން ބީލަން ރަޖިސްޓަރީ ކުރައްވައި، ގަވައިދުން ބީލަން ހުށަހެޅުއްވުމަށް ދައުވަތުއަރުވަމެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ބެލެހެއްޓުން ހަވާލުކުރުން ބީލަމަށް ހުޅުވާލާ ރަށްތަކެވެ.
# |
ރަށުގެ ނަން |
ރަށުގެ ބޮޑުމިން (ހެކްޓަރ) |
01 |
ފޮންދޫ |
0.10 |
02 |
ކުޑަދޫ |
0.03 |
03 |
ކުޑަކާއްޑޫ |
1.11 |
ރަޖިސްޓަރީވާ ލިންކު: https://forms.office.com/r/ZXtcvAb8Yh
ބީލަން ރަޖިސްޓަރީ ކުރުމުގެ ސުންގަނޑި |
ބީލަން ހުށަހެޅަންޖެހޭ ތާރީޚާއި ވަގުތު |
23 އެޕްރީލު 2025 ބުދަދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް |
29 އެޕްރީލް 2025 (އަންގާރަ) ދުވަހުގެ 13:00 |
ބީލަން ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. މި އިޢުލާނާގުޅޭ އާއްމު މަޢުލޫމާތުތައް، އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ޕުލޭނިންގ، ޕުރޮޖެކުޓްސް އެންޑް ބިޒުނަސް ޑިވެލޮޕްމަންޓު ޔުނިޓުގެ ނަންބަރު 9931351 އަށް ގުޅުއްވުން އެދެމެވެ. ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.