ބީލަން
ނަންބަރު: (IUL)284-PR/284/2025/15
ޕަބްލިޝްކުރި ތާރީޚް: 21 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި:
24 އެޕްރީލް 2025 14:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިލަންދޫ ކައުންސިލް އިދާރާގެ ރިސެޕްޝަނާއި 2 ރޫމުގެ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބިޑު ހުށަހެޅުމުގެ ދަޢުވަތު
- މިކައުންސިލު އިދާރާގެ މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2025 އޭޕްރިލް 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނުގައި އެޓޭޗް ކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިބީލަމާއިގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2025 އޭޕްރީލް 26 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.
ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޭޕްރިލް 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:00 ގައެވެ.
21 އެޕްރީލް 2025